ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ބޯހިޔާވަހިކަމުގެ އެންމެ ގިނަ މަޝްރޫއު ހިނގާ އަހަރަކަށް މިއަހަރު ވާނެ: ރައީސް
އައިމިނަތު ޝިޔާޒާ
05 ޖެނުއަރީ 2025 - 19:37
0
comments
Tweet
Telegram
ސަރުކާރުން ހިންގެވުމަށް ކަނޑައަޅުއްވާފައިވާ ބޯހިޔާވަހިކަމުގެ ހުރިހާ މަޝްރޫޢެއްގެ އަމަލީ މަސައްކަތް ފެށުމަށް ކޮންޓްރެކްޓަރުން ހޯދަން މިމަހު އިޢުލާންކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ ކ. ގުޅިއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
"މިއަހަރުގެ މި މަހުގެ ތެރޭގައި ބަޖެޓުގެ ތެރޭގައި އަޅުގަނޑުމެން ކަނޑައަޅާފައި މިހުރި، ވައުދުވެފައި މިހުރި ހުރިހާ މަޝްރޫއުތައް، ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ރަށްރަށުގައި ކުރިއަށް ގެންދިއުމަށް ކެމްޕޭން ތެރޭގައި މެނިފެސްޓޯގައި ކަނޑައަޅާފައި ހުރި ހުރިހާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގައިދޭނެ ފަރާތްތައް ހޯދަން، އަމަލީ ގޮތުން މަސައްކަތްކުރާނެ ކޮންޓްރެކްޓަރުން ހޯދަން އަޅުގަނޑުމެން އެބަ އިއުލާނު ކުރަން މި ޖެނުއަރީ މަސް ތެރޭގައި،" ރައީސް ވިދާޅުވި އެވެ.
"ހުރިހާ ދިމާލެއްގައި، އަޅުގަނޑު ވައުދުވެފައިވާ ހުރިހާ ރަށްތަކެއްގައި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި މާލެ ފިޔަވައި. މާލޭގެ މަޝްރޫއުތައް އަޅުގަނޑު އިއުލާނުކޮށްފައިވާ ގޮތަށް ކުރިއަށް ދާނެ."
ޖުމްލަގޮތެއްގައި ހުރިހާ ދާއިރާތަކުން ތަރައްގީގެ މަޝްރޫއުތައް އަމަލީ ގޮތުން މި އަހަރުގެ ތެރޭގައި ފެށިގެންގޮސް، ރައްޔިތުންނަށް އެ ކަމުގެ ހެވާއި ލާބަ، ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި މި އަހަރަކީ މުއްސަނދިކަން ރައްޔިތުންނަށް އިހްސާސްކޮށްދިނުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި، ބާރު ދުވެލީގައި ކުރިޔަށް ދާނެ އަހަރެކެވެ.
ޕީއެންސީގެ ސުޕަމެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެންމެ ފުރަތަމަ ބަޖެޓު ތަންފީޒުކުރަން ފަށާފައިވަނީ މި އަހަރުގައެވެ. އެ ބަޖެޓަކީ ގެދޮރުވެރިކަމުގެ "ރަންޒަމާނެއް" ގެނުވާނެ ބަޖެޓެއްގެ ގޮތުގައި ރައީސް މީގެ ކުރިން ވަނީ ސިފަ ކުރައްވައިފަ އެވެ. އަދި މި އަހަރު ވެގެންދާނީ، ބޯހިޔާވަހިކަމުގެ އެންމެ ގިނަ މަޝްރޫއުތައް ކުރިޔަށްދާނޭ އަހަރަށް ކަމަށް ވިދާޅުވެ، ތަކުރާރުކޮށް ރައީސް ގެންދަވަނީ އެ ކަމުގެ ޔަގީންކަން ދެއްވަމުންނެވެ.
ސަރުކާރުން ބުނީ ހުސްވި އަހަރު ތަރައްގީގެ މަޝްރޫއުތައް ކުރިޔަށް ނުގެންދެވުނީ އެކަށީގެންވާ ވަރަށް ބަޖެޓުގައި ފައިސާ ހިމަނާފައި ނެތުމުން ކަމަށެވެ.
މިދިޔަ 2024ވަނަ އަހަރަށް، މިދިޔަ މަޖިލީހުން ފާސްކުރީ 49.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓުގެ އިތުރަށް ޚަރަދުކުރާނެ 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ވެސް މި ސަރުކާރުގައި ފާސްކުރި އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
10 ގަޑިއިރު ކުރިން
0
ހައްޖާޖީންގެ ކާޑަށް އިތުރު 1،750 ޑޮލަރުގެ ލިމިޓެއް ދެނީ
1 ދުވަސް ކުރިން
0
މަންމައިންގެ ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި
2 ދުވަސް ކުރިން
0
ޑިޖިޓަލް ދަތުރުގައި ބައިވެރިވާން އިދިކޮޅު ފަރާތްތަކަށް ރައީސް ގޮވާލައްވައިފި
3 ދުވަސް ކުރިން
0
2028 ގައި ސަރުކާރުގެ ގިނަ މުވައްޒަފުން މަސައްކަތް ކުރާނީ ގޭގައި: ރައީސް
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
އުރީދޫ ނޭޝަން އިންޓަ ރިސޯޓް އީސްޕޯޓްސް ޓޯނަމަންޓް ނިންމާލައިފި
1 ގަޑިއިރު ކުރިން
0
ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަމުންދިޔައީ ސުއޫދު: އުޝާމް
1 ގަޑިއިރު ކުރިން
0
މިނިސްޓަރު ހަލީލް ކުވައިތަށް ފުރާވަޑައިގެންފި
3 ގަޑިއިރު ކުރިން
0
ނަޑެއްލާ އިން ގެއްލުނު މީހާ ފެނިއްޖެ
3 ގަޑިއިރު ކުރިން
0