ޚަބަރު
މިފްކޯގެ ސީއެފްއޯ އިލްޔާސް މަގާމުން އިސްތިއުފާ ދެއްވައިފި
މިފްކޯގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ގެ މަގާމުގައި ހުންނެވި އިލްޔާސް ހަނީފު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

މިފްކޯގެ ކުރީގެ ސީއީއޯ އަހުމަދު ސަމާހު ރަޝީދުގެ މައްސަލަތަކެއް މިދިޔަ އަހަރު ފެންމަތިވީއްސުރެ އެ ކުންފުނީގެ ހިންގުމާ ހަވާލުވެ ހުންނެވީ އިލްޔާސް އެވެ. 

ފާހަގަކޮށްލެވޭ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިފްކޯގެ ތެރޭގައި އޮތް ކޮރަޕްޝަން މުލުން ލުހެލާނެ ކަމަށް ވިދާޅުވެފައެވެ. އެ މަނިކުފާނު އެ ފަދައިން ވިދާޅުވީ، މިދިޔަ ހަފުތާގައި ގއ. އަދި ގދ.އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ނޫސްވެރިންނާ ވާހަކަދައްކަވަމުންނެވެ.

ސަރުކާރުން މިފްކޯގެ ސީއީއޯކަމަށް ބޭރު ބޭފުޅެއް އައްޔަންކުރެއްވީ ވެސް އެ ސަބަބަށްޓަކައި ކަމަށް ރައީސް ވިދާޅުވިއެވެ.

މި ސަރުކާރުން މި ފަހުން ވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި އެކައުންޓު ހުޅުވާފައިވާ މަސް ދޯނިތަކަށް 48 ގަޑިއިރު ތެރޭ ފައިސާ ދޫކުރަން ފަށައިފަ އެވެ.

މިދިޔަ މަހު ކުރީކޮޅު މިފްކޯގެ ސީއީއޯއަކަށް ސްވިޓްޒަލެންޑުގެ ރައްޔިތެއް ކަމަށްވާ ޑރ. ވިޓާލީ ލުބިމޯވް ވަނީ އައްޔަންކޮށްފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
100%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު