
ޕީސީބީން މިއަދު ބުނީ މިފްކޯގެ ބޯޑުން ޝަރީފު ވަކިކޮށް، އެމްފޯމްޕީސީގެ ޗެއާއަކަށް ޝަރީފް އައްޔަންކޮށްފައިވާ ކަމަށެވެ.ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވައި ޕްރޮމޯޓު ކުރުމަށް ކުންފުންޏެއް އުފެއްދީ މިދިޔަ ފެބްރުއަރީ މަހު އެވެ.އެ ކުންފުނީގެ ބޯޑަށް މެންބަރުން އައްޔަންކުރީ މިދިޔަ މެއި މަހު އެވެ. ސަރުކާރުން ބުނަނީ މި ކުންފުނި އުފެއްދެވުމުގެ އެންމެ ބޮޑު މަގްޞަދަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު އިތުރަށް ފުޅާކޮށް މުޖުތަމައަށް އެ ޞިނާޢަތުން ލިބިދޭ މަންފާ އިތުރުކުރުންކަމަށެވެ. އެގޮތުން އެކުއަރކަލްޗަރ އާއި މެރިކަލްޗަރ ފަދަ ކަނޑުފަޅުގެ އެންމެހާ ވަސީލަތްތަކުން އުފައްދާ އުފެއްދުންތައް ހިމެނޭ ގޮތުން، ރާއްޖޭގައި ކުރާ މަސްވެރިކަމުން އުފައްދާ އުފެއްދުންތައް ބައިނަލްއަގްވާމީ ބާޒާރުގައި އިޝްތިހާރުކޮށް ޕްރޮމޯޓްކުރުމުގެ މަސައްކަތް މި ކުންފުނިން ކުރިއަށް ގެންދަވާކަމަށް ސަރުކާރުން ކުރިން ބުނެޏެވެ.