މިފްކޯއިން މަސް ގަންނަ އަގު އަނެއްކާވެސް ބޮޑުކޮށްފި
ހުސެން ރަޝީދު
09 ޖޫން 2026 - 10:26
0 comments
މިފްކޯ އިން ފުވައްމުލަކުގައި ހަދާފައިވާ މަސް ފެކްޓަރީގައި ބަޔަކު މަސް ކަނޑަނީ - ފޮޓޯ: މިފްކޯ
ސަރުކާރު މަސް ކުންފުނި މިފްކޯއަށް ކަޅުބިލަ މަސް ކިލޯއެއް ގަންނަ އަގު 18 ރުފިޔާ 50 ލާރިއަށް ބޮޑުކުރިތާ 48 ގަޑިއިރު ވެސް ނުވަނީސް 20 ރުފިޔާއަށް މިއަދު ބޮޑުކޮށްފި އެވެ.
މިދުވަސްވަރު މަސްވެރިންގެ އަތުން މަސްގަންނަ އަގުތަކަށް ހެޔޮބަދަލެއް އަންނަމުންދާނެކަމަށް މިފްކޯއިންވަނީ ބުނެފަ އެވެ.
މިދުވަސްވަރަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މަސްވެރިކަން ދަށް ދުވަސްވަރެކެވެ. އެއާއެކު މަސްބާނާ ނިސްބަތް މަދުވުމުގެ ސަބަބުން މަހުގެ ޑިމާންޑުވަނީ އިތުރުވެފަ އެވެ. ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިންވަނީ މަސް ގަންނަ އަގުތަކަށް ބަދަލު ގެންނަން ފަށާފަ އެވެ. އެގޮތުން މިހަފުތާގެ އާދިއްތަ ދުވަހުން ފެށިގެން މަސް ގަންނަ އަގުތަކަށް އަންނަނީ ބަދަލުތައް ގެންނަމުންނެވެ. ކަޅުބިލަ މަސް ގަންނަ އަގު އަނެއްކާ ވެސް ބޮޑުކުރިއިރު، 10 ކިލޯއާއި 15 ކިލޯއިން މަތީގެ ކަންނެލި ގަތް އަގަކަށް ބަދަލެއް ނާދެއެވެ. އެ ގޮތުން 10 ކިލޯއާއި 15 ކިލޯއާ ދެމެދުގެ ކަންނެލި ކިލޯއެއް މިފްކޯއަށް ގަތީ 20 ރުފިޔާއަށް ކަމަށްވާއިރު، 15 ކިލޯއިން މަތީގެ ކަންނެލި ކިލޯއެއް ގަނެފައިވަނީ 25 ރުފިޔާއަށެވެ.
ކިޔުންތެރިންގެ ޝުއޫރު