ވިޔަފާރި
މިފްކޯއަށް އާމްދަނީ ލިބޭނެ އިތުރު ގޮތްތައް ހޯދަންޖެހޭ: އަނަސް
މިފްކޯގެ ސީއީއޯ އަދި އެމްޑީ މުހައްމަދު އަނަސް
ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން ހަމައެކަނި މަސް އެކްސްޕޯޓުކުރުމުގެ ބަދަލުގައި ކުންފުންޏަށް އާމްދަނީ ލިބޭނެ އިތުރު ގޮތްތައް ހޯދަންޖެހޭ ކަމަށް އެ ކުންފުނީގެ ސީއީއޯ އަދި އެމްޑީ މުހައްމަދު އަނަސް ވިދާޅުވެއްޖެ އެވެ. 

ސީއީއޯ މިފަދައިން ވިދާޅުވީ، ކުންފުނީގެ ސެންޓަރުތަކަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގެ ތެރެއިން ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް އަށް ކުރެއްވި ޒިޔާރަތުގައި މުވައްޒަފުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

އޭނާ ވަނީ މިފްކޯ ޒަމާނީ ކުންފުންޏަކަށް ހެދުމަށް މަސައްކަތް ފަށާފައިވާކަން ފާހަގަކޮށް މިފްކޯއަށް އިސްލާހީ ބަދަލުތަކެއް ގެނައުމުގެ ތަސައްވުރު ގެންގުޅުއްވާކަން ފާހަގަކުރައްވާފަ އެވެ.

“ހަމައެކަނި މަސް އެކްސްޕޯޓް ކުރުމުގެ ބަދަލުގައި އިތުރު އާމްދަނީ ލިބޭނެ ގޮތްތައް އަޅުގަނޑުމެން މިއަދު ހޯދަންޖެ ހޭ. މިގޮތުން މެނޭޖްމަންޓުން އެބަ މަސައްކަތް ކުރަން ކުންފުނީގެ އޮޕަރޭޝަން ޑައިވާސިފައި ކޮށް، އާ މާކެޓުތައް ހޯދައި، އަޅުގަނޑުމެންގެ އުފެއްދުންތަކަށް އަގު އެއްކުރާނެ އިތުރު ގޮތްތަކެއް ހޯދަން.” އަނަސް ވިދާޅުވި އެވެ.

މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު އަނަސް ގެންދަވަނީ ހެޑް އޮފީހުގެ މުވައްޒަފުންނާ ބައްދަލުކުރެއްވުމުގެ އިތުރަށް މިފްކޯއިން ރާއްޖޭގެ އެކި ހިސާބުތަކުގައި ހިންގާ ސެންޓަރުތަކަށް ދަތުރުކުރައްވައި އެތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނާ ބައްދަލުކުރައްވަމުންނެވެ.

މިފްކޯގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެންނަންޖެހޭކަން ފާހަގަކުރައްވާ އަނަސް ވިދާޅުވީ އެކަން ކުރެވޭނީ ކުންފުނީގެ އާމްދަނީ އިތުރު ކުރެވިގެން ކަމަށެވެ. 

މިފްކޯއަށް ގެންނަ ބަދަލުތަކުގެ ހެޔޮ ނަތީޖާ ފެންނާނެކަމުގެ ޔަގީންކަން ދެއްވައި އަނަސް ވިދާޅުވީ ހުރިހާ މުވައްޒަފުން ވެސް މަސައްކަތުގެ އަހްލާގު ހިފައްޓައި، ގުޅިގެން އެއް ޓީމެއްގެ ގޮތުގައި މަސައްކުރުމަށް އެދޭ ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު