ޚަބަރު
މިފްކޯއިން މަސްވެރިންނަށް 4.7 މިލިއަން ރުފިޔާ ދޫކޮށްފި
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން މަސްވެރިންނަށް 4.7 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.

މިފްކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ މި މަހުގެ 22 ވަނަ ދުވަހުގައި ދޯނިތަކުން ކިރި މަހަށް މިއަދު ފައިސާ ދީފައިވާ ކަމަށެވެ.

އެގޮތުން 22 ވަނަ ދުވަހުގައި 79 މަސް ދޯންޏަކުން މަސް ކިރާފައިވާ ކަމަށް މިފްކޯއިން ބުންޏެވެ.

މިފްކޯއިން ވިދާޅުވީ އެ ދޯނިތަކަށް ޖުމްލަ 4،746،204 ރުފިޔާ ދައްކާފައިވާ ކަމަށެވެ. އެ ފައިސާ މިއަދު ހަވީރު 16:30 ގެ ކުރިން ދޯނިތަކަށް ލިބިގެންދާނެ ކަމަށް ބުނެއެވެ.

މި ސަރުކާރު ވެރިކަމަށް އައި އިރު، ރައީސް މުއިއްޒު މަސްވެރިންނަށް ވެވަޑައިގަތް އެންމެ މުހިއްމު އެއް ވައުދަކީ މަސްވެރިން ކިރުވާ މަހަށް ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. އެ ވައުދު މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ވަނީ ތަންފީޒު ކުރަން ފަށާފަ އެވެ


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު