ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރާއްޖޭގައި ޕޯސްޓްމޯޓަމް ހަދަން ފެށުން އަވަސްކުރަން އެދިއްޖެ
އަލީ ރާޒީ
14 ޖެނުއަރީ 2025 - 20:25
0
comments
Tweet
Telegram
ރާއްޖޭގައި ޕޯސްޓްމޯޓަމް ހެދޭނެ އިންތިޒާމު ހަމަޖައްސައިދޭން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެދިވަޑައިގެންފި އެވެ.
ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމަށް އިދިކޮޅު އެމްޑީޕީގެ މެމްބަރު ކުޑޫ ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ މިދިޔަ ދެ މަސް ދުވަހުގެ ތެރޭގައި ހަތް މީހުން މަރުވެފައިވާ ކަމަށެވެ. އަދި ޝައްކު އުފެދޭ ގޮތަށް މަރުވާ މީހުންގެ ޕޯސްޓްމޯޓަމް ހެދުމަށް ރާއްޖެ އިން ބޭރަށް ފޮނުވާކަން ފުލުހުން އާންމުކުރާ މައުލޫމާތުން އެނގިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ގޮތް ނޭނގޭ މަރުތަކަކީ އާންމުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމެއް ކަމަށާއި ރާއްޖޭގައި ޕޯސްޓްމޯޓަމް ހެދޭނެ ނިޒާމެއް ގާއިމުކޮށް، އެ މަރުތަކުގެ ހަގީގަތް އާންމުންނަށް އޮޅުންފިލުވައި ދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ކުޑޫ ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، ޕޯސްޓްމޯޓަމް ހެދޭނެ އިންތިޒާމު ރާއްޖޭގައި ގާއިމުކުރުމަކީ ހަށިގަނޑު ބޭރަށް ފޮނުވުމާއި އެކަމަށް ދައުލަތުގެ ބަޖެޓުން ކުރަންޖެހޭ ހޭދަ ކުޑަވާނެ ކަމެކެވެ.
މީގެއިތުރުން ޕޯސްޓްމޯޓަމް ހެދުމުގައި އަމަލުކުރާނެ އިޖުރާއަތްތައް ޖިނާއީ އިޖުރާއަތްތަކުގެ ގާނޫނުގައި ބަޔާންކޮށްފައި އޮންނަ ކަމަށާއި ގޮތް ނޭނގޭ މަރުތަކުގައި މަރުވާ މީހުންގެ ޕޯސްޓްމޯޓަމް ހެދުމުގެ އިޚްތިޔާރު އެ ގާނޫނުގައި ފުލުހުން ލިބިދީފައި އޮންނަކަން ވެސް ފާހަގަކޮށްފައިވެ އެވެ.
އެހެންކަމުން، ރާއްޖޭގައި ޕޯސްޓްމޯޓަމް ހެދުމުގައި ގާނޫނީ ހުރަހެއް އޮތް ކަމަށް ނުފެންނާތީ، މިކަންތައް ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ފެށުމަށް ވަނީ އެދިފަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
2 ދުވަސް ކުރިން
0
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ކެތު ލެބް ހިންގަން ބަޔަކު ހޯދަން އިއުލާންކޮށްފި
2 ދުވަސް ކުރިން
0
މާލޭގެ ގެއަކުން މަރުވެފައި އޮތް މީހަކު ފެނިއްޖެ
26 ދުވަސް ކުރިން
0
ކައުންސިލްތަކުގެ ބައިއިލެކްޝަން މަދުކުރާ ބިލު ތަސްދީގުކޮށްފި
28 ދުވަސް ކުރިން
0
ނަރުހުންގެ ދުވަސް ފާހަގަކުރަން ހޯރަފުށީގައި މިއަދު ހިނގާލުމެއް ބާއްވައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
އިރާނުން ރައްދުގައި އިޒްރޭލަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފި
3 ގަޑިއިރު ކުރިން
0
ރައުދު ރާއްޖެއިން ބޭރަށް ފުރިކަމަށް ބުނެ ފަތުރަނީ ދޮގެއް: ފުލުހުން
11 ގަޑިއިރު ކުރިން
0
ހައްޖުގެ އަޅުކަމަށްފަހު ދިވެހި ހާޖީން އެނބުރި ރާއްޖެ އަންނަން ފަށައިފި
13 ގަޑިއިރު ކުރިން
0
ހައްޖު ކޯޕަރޭޝަންގެ ނަމުގައި ސްކޭމް މެސެޖްތަކެއް، ސަމާލުވާން އެދެފި
20 ގަޑިއިރު ކުރިން
0