އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ކެތު ލެބް ހިންގަން ބަޔަކު ހޯދަން އިއުލާންކޮށްފި
މަރިޔަމް އަނާ
12 ޖޫން 2025 - 16:53
0 comments
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ކެތު ލެބު
ސެޓަޕް ހެދިތާ ދޮޅު އަހަރުފަހުން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ކެތު ލެބު ހިންގައިދޭނެ ބަޔަކު ހޯދަން މިއަދު އިއުލާނުކޮށްފި އެވެ.
ފިނޭންސުން މިއަދު ކުރި އިއުލާންގައި ފަސް އަހަރުގެ މުއްދަތަކަށް އޭއީއެޗުގެ ކެތު ލެބު މެނޭޖުކޮށް، ހިންގަން ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.މިގޮތުން މަސައްކަތާއި ގުޅޭ މައުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ ޓާމްސް އޮފް ރިފަރެންސް ފިނޭންސްގެ ވެބްސައިޓުން ޖޫން 15، އިން ފެށިގެން ޑައުންލޯޑް ކުރެވޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.މަސައްކަތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓު ކުރެވޭ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ފިނޭންސުން ދޭނެ އއެވެ.މީގެއިތުރުން މަސައްކަތާއި ގުޅޭ އެއްވެސް ސުވާލެއް އޮތްނަމަ ޖޫން 18، ގެ ކުރިން ފިނޭންސަށް މެއިލް ކުރުމަށް އެ މިނިސްޓްރީން އެދެ އެވެ.އައްޑޫގައި ކެތު ލެބު ގާއިމްކުރީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި، އޮކްޓޯބަރު، 2023 ގަ އެވެ. އެކަމަކު، ދޮޅު އަހަރުވެގެންދިޔައިރު ވެސް އެ ތަން ބޭނުމެއް ނުކުރެވެ އެވެ.އެ ކެތު ލެބުގެ މަސައްކަތް ނިންމުމާ އެކު އެ ތަން ހިންގަން އޭޑީކޭއިން ޝައުގުވެރިކަން ފާޅުކުރި ކަމަށް ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވެ އެވެ.ނަމަވެސް އޭގެ ފަހުން ދޮޅު އަހަރު ވެގެން ދިޔައިރު ވެސް އެ ކެތު ލެބު ހިންގަން އެއްވެސް ބަޔަކާ ހަވާލުނުކުރެ އެވެ.
ކިޔުންތެރިންގެ ޝުއޫރު