ޚަބަރު
މާލީ ދާއިރާގެ ފަހުގެ ހިދުމަތްތަކާ އެކު ފައިނޭންޝަލް އެކްސްޕޯ ފަށައިފި
މާލީ ދާއިރާގެ އެންމެ ފަހުގެ އުފެއްދުންތަކާއި ޑިޖިޓަލް ހިދުމަތްތަކުގެ އިތުރުން ދާއިރާއަށް އަންނަމުންދާ އާ ބަދަލުތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބޭނެ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ މިއަދު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ފަށައިފި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ން އިންތިޒާމުކުރާ މި އެކްސްޕޯ އޮންނާނީ މިއަދުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށެވެ. އެގޮތުން:

  • އެކްސްޕޯ ހުޅުވައިދެއްވީ ރައީސް މުހައްމަދު މުއިއްޒު

  • ރައީސް ވަނީ އެކްސްޕޯގެ ސްޓޯލްތަކަށް ޒިޔާރަތްކުރައްވާފައި


މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ އޮންނާނީ މިއަދުން ފެށިގެން މިމަހުގެ 4 ވަނަ ދުވަހަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. ކޮންމެ ދުވަހަކު ހަވީރު 3:00 އިން ރޭގަނޑު 10:00 އަށް އެކްސްޕޯއަށް ވަނުމުގެ ފުރުސަތު އާންމުންނަށް ހިލޭ ވަނީ ހުޅުވާލެވިފަ އެވެ.

އެމްއެމްއޭއިން ބުނީ މި އެކްސްޕޯގެ ތެރެއިން އާދައިގެ ސޭވިންގް އެކައުންޓެއް ހުޅުވުމުން ފެށިގެން، ލޯނަކަށް އެދުމާއި، އިންޝުއަރެންސް ނެގުމާއި އަދި މުސްތަގުބަލަށްޓަކައި މާލީ ކަންކަން ރޭވުން ފަދަ ކަންކަމާއި ގުޅޭގޮތުން މައުލޫމާތު ލިބޭނެ ކަމަށެވެ. އަދި އެމީހެއްގެ ބޭނުންތަކަށް އެންމެ އެކަށީގެންވަނީ ކޮން ޚިދުމަތެއްކަން ދެނެގަތުމަށްވެސް އެހީތެރިވެދޭނެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު