ޚަބަރު
ހުޅުމާލޭ އެޕާޓްމަންޓެއްގައި ރޯވެ އެކަކު ފިހި، ޖުމްލަ 15 މީހުން ވަގުތީ ހިޔާއަށް
ހުޅުމާލޭގެ އެޕާޓްމަންޓެއްގައި ރޯވެ މީހެއްގެ އަތް ފިހި، އެހެން މީހަކަށް ދުމުގެ އަސަރުކޮށްގެން ހޮސްޕިޓަލުގައި އެބަ ފަރުވާދެމުންދެ އެވެ. 

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އަލިފާން ރޯވީ ފްލެޓު ނަންބަރު 110 ގައި ކަމަށެވެ. އެ ހާދިސާ ރިޕޯޓުކޮށްފައި ވަނީ ދަންވަރު 1:07 ގައި ކަމަށް ފުލުހުން ބުނެ އެވެ. 

"މި ހާދިސާގައި ރޯވި އަލިފާންގަނޑު ވަނީ ފުލުހުންނާއި އާންމު ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން ކޮންޓްރޯލްކޮށްފަ،" ފުލުހުން ބުންޏެވެ. 

ފުލުހުން ބުނީ އަލިފާނުގައި އަނިޔާވި މީހުންނަށް އަދިވެސް ފަރުވާ ދެމުން އަންނަ ކަމަށެވެ.  ހުޅުމާލެ ހޮސްޕިޓަލާ ހަވާލާދީ އެންޑީއެމްއޭއިން ހާމަކޮށްފައިވާ ގޮތުގައި، މި ހާދިސާގައި އެކެއްގެ އަތާއި ފައިގެ 12 އިންސައްތަ ފިހިފައިވެއެވެ. އަދި މިހާރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ އެ މީހާއަށް އެކަނި ކަމަށާއި އޭނާގެ ހާލު ރަނގަޅުވަމުން އަންނަކަމަށް އާއިލާއިން މައުލޫމާތު ދޭ ކަމަށް އެ އޮތޯރިޓީން ބުންޏެވެ. 

އެންޑީއެމްއޭއިން ބުނީ، އެ ހާދިސާއާ ގުޅިގެން، އެ އިމާރާތުގެ އެއްވަނަ ފަންގިފިލާއާއި ތިންވަނަ ފަންގިފިލާގެ ދެ އެޕާޓްމަންޓަކަށް ދިރިނޫޅެވޭ ވަރަށް ދުމުގެ އަސަރުކޮށްފައިވާ ކަމަށެވެ. އެހެންވެ، އެ އެޕާޓްމެންޓުތަކުން އަށް ދިވެހިންނަށް ވެސް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދިން ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

އެންޑީއެމްއޭއިން ބުނި ގޮތުގައި އޭގެ ތެރޭގައި ހިމެނެނީ 18 އަހަރުން މަތީގެ ހަ މީހަކާއި ހަތަރު އަހަރުގެ އަންހެން ކުއްޖަކާއި ހަތަރު އަހަރުގެ ފިރިހެން ކުއްޖެކެވެ.

އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. ކަމާބެހޭ އިދާރާތަކުން ދަނީ ގެއްލުން ލިބުނު އާއިލާތަކުގެ ހާލަތު ގާތުން މޮނިޓަ ކުރަމުންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު