ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ފިނޭންސް މިނިސްޓަރު ޒަރީރަށް މަޖިލީހުން ރުހުން ދީފި
އަބްދުﷲ މައުރޫފް
24 ޖޫން 2026 - 15:03
0
comments
Tweet
Telegram
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ތިންވަނަ ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުުހުންދީފި އެވެ.
މީރާގެ ކޮމިޝަނަރުގެ މަގާމުގައި ހުންނަވަނިކޮށް، ޒަރީރު ފިނޭންސް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވީ މި މަހު 2 ވަނަ ދުވަހު އެވެ. ފިނޭންސް މިނިސްޓަރުގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި މޫސާ ޒަމީރު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
މިއަދު ޒަރީރަށް ރުހުން ދޭން ނެގި ވޯޓުގައި ބައިވެރިވި 49 މެންބަރުންގެ އިއްތިފާގުން ވަނީ އޭނާއަށް ރުހުންދޭން ފެންނަ ކަމަށް ފާސްކޮށްފަ އެވެ.
ފާހަގަކުރެވޭ ގޮތުގައި މިއަދުގެ ޖަލްސާއިން އެމްޑީޕީގެ ނުވަ މެންބަރަކު ބޭރުކޮށްލައިފައިވާތީ ވޯޓުލުން ކުރިއަށް ގެންދިޔައީ އެ މެންބަރުންނާ ނުލަ އެވެ.
ޒަރީރަކީ މާލީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވައިފައިވާ، ތަޖުރިބާކާރު ބޭފުޅެކެވެ. ހާއްސަކޮށް މީރާގެ ޓެކްސް ކޮމިޝަނަރުގެ މަގާމުގައި ހުންނަވައިގެން ރާއްޖޭގެ މާލީ ނިޒާމު ހަރުދަނާކުރުމަށް އޭނާ ވަނީ މުހިންމު މަސައްކަތްތަކެއް ކުރައްވައިފަ އެވެ.
ގައުމީ ބޭންކު ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަންގެ މަގާމުވެސް ފުރުއްވި ޒަރީރު ވަނީ 2،000 ވަނަ އަހަރުން ފެށިގެން ޓެކުހާއި އޮޑިޓާ ގުޅޭ އެކި މަގާމުތައް ފުރުއްވައިފައެވެ. އެގޮތުން ޑެޕިއުޓީ ޓެކްސް ކޮމިޝަނަރުކަމާއި ޓެކްސް ކޮމިޝަނަރުކަންވެސް ކުރައްވައިފަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
3 ދުވަސް ކުރިން
0
ދައުލަތުގެ އާންމު މަންފާއަށް ހިންގާނެ 19 މަޝްރޫއެއް ކަނޑައަޅައިފި
9 ދުވަސް ކުރިން
0
ސަރުކާރު ކުންފުނިތަކުން ބައެއް މުވައްޒަފުން ވަކިކުރާތީ މިނިސްޓަރު ޒަރީރާ ސުވާލުކުރަނީ
10 ދުވަސް ކުރިން
0
ޒަރީރަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީއަށް
10 ދުވަސް ކުރިން
0
ހިތަދޫ އުތުރު ދާއިރާއަށް އިންތިހާބުވި ސޯބެ މަގާމުގެ ހުވާ ކުރައްވައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ބޭރުގައި ކިޔާ ދަރިވަރުންގެ ވިސާއަށް ފައިސާ ދެއްކުމަށް ބީއެމްއެލް އިން ކާޑު ލިމިޓް ދެނީ
6 ގަޑިއިރު ކުރިން
0
ތޯރިގާއި އާދަމް ޝަރީފް ސަފީރުންނަށް އައްޔަންކޮށްފި
6 ގަޑިއިރު ކުރިން
0
ބޭރުގެ މަސްބޯޓުތަކެއް ހުއްޓުވަން އެމްއެންޑީއެފުން ހަރަކާތްތެރިވަނީ
7 ގަޑިއިރު ކުރިން
0
ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ ހިރިމަރަދޫ މީހުން ނަން ނޯޓްކުރަން ބުނެފި
7 ގަޑިއިރު ކުރިން
0