ވިޔަފާރި
މޯލްޑިވިއަނުން ޗައިނާގެ ޝެންހާއީއަށް ދަތުރުތައް ފަށައިފި
ގައުމީ އެއާލައިން -- މޯލްޑިވިއަންގެ ސީދާ ދަތުރުތައް ޗައިނާގެ ޝަންހާއީއަށް ފަށައިފި އެވެ.

އެ އެއާލައިނުން ޝެންހާއީ އަށް ކުރާ ފުރަތަމަ ދަތުރު ރޭ ފެށިއިރު، އެއީ މޯލްޑިވިއަނުން ޗައިނާއަށް ފެށި ދަތުރުތަކުގެ ތިން ވަނަ މަންޒިލެވެ.

މޯލްޑިވިއަންގެ ފުރަތަމަ ވައިޑްބޮޑީ އެއާކްރާފްޓް އޭ330 ރާއްޖެ ގެނެސް ޗައިނާއަށް ދަތުރުތައް ފެށީ މި މަހުގެ 21 ގައި ޗައިނާގެ ޗެންގްޑޫއިންނެވެ. މި މަހުގެ 24 ގައި ބެއިޖިންއަށް ވެސް ވަނީ ދަތުރުތައް ފަށައިފަ އެވެ.

ޗައިނާއަށް ދަތުރުތައް ފަށައި މޯލްޑިވިއަން އިން ވަނީ ޓިކެޓް އަގުހެޔޮ ފެއާއެއްވެސް ފަށާފަ އެވެ. މި ފެއާއިން މާކެޓްގައި ޗައިނާގެ ޓިކެޓް ހުރި އަގަށްވުރެ 30 ޕަސެންޓާއި 50 ޕަސެންޓާ ދެމެދުގެ އަގު ހެޔޮ ވާނެ ކަމަށް މޯލްޑިވިއަން އިން ވަނީ ބުނެފަ އެވެ.

މޯލްޑިވިއަން އިން ޗައިނާގެ ޗެންގްޑޫ އަށް ދެކޮޅު ޓިކެޓެއްގެ އަގަކީ 688 ޑޮލަރު (10،610ރ.) އެވެ. ބެއިޖިންގެ ދެކޮޅު ޓިކެޓެއްގެ އަގު 788 ޑޮލަރު (12،151ރ.) އަށް އަރަ އެވެ. ޗައިނާގެ ޝެންހާއީގެ ދެކޮޅު ޓިކެޓުގެ އަގަކީ 777 ޑޮލަރު (11،981ރ.) އެވެ.

އެއާބަސް އޭ330 ބޯޓުން 260 މީހުން އުފުލޭނެ އެވެ. ބިޒްނަސް، ޕްރިމިއަމް އިކޮނޮމީ އަދި އިކޮނޮމީ ކްލާހަށް ވެސް ހާއްސަ ކޮށްފައިވާ އެ ބޯޓުން ދުރުރާސްތާގެ ދަތުރުތައް ކުރެވޭނެ އެވެ. ކާގޯ އުފުލޭ ކެޕޭސިޓީއަކީ 10 ޓަނެވެ.

ޗައިނާއަކީ މިހާރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމެެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު