ވިޔަފާރި
ވައިޑް ބޮޑީ ބޯޓުގެ ދަތުރުތައް ޗައިނާއަށް ފަށައިފި
މޯލްޑިވިއަން އިން އަލަށް ގެނައި ވައިޑް-ބޮޑީ މަތިންދާބޯޓު، ޗައިނާއަށް ފުރަތަމަ ދަތުރުގައި ޗެންގްޑޫއަށް ރޭ ދަތުރު ފަށައިފި އެވެ.

މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާބޯޓު ރާއްޖެ ގެނެސްފައިވަނީ މި މަހު 6 ގައި ކަމަށްވާއިރު، މިއީ ރާއްޖެއިން ބޭރަށް އެ ބޯޓު ކުރާ ފުރަތަމަ ދަތުރެވެ.

އެ ބޯޓުގައި ޗައިނާގެ ޗެންގްޑޫ އަށް ކުރި ފުރަތަމަ ދަތުރުގައި 52 ފަސިންޖަރުން ވަނީ ޗައިނާ އަށް ދަތުރުކޮށްފަ އެވެ. އޭގެތެރެއިން 32 މީހުންނަކީ ފަތުރުވެރިންނެވެ.

ބެއިޖިން އަށް މި މަހުގެ 24 ގައި ދަތުރުތައް ފަށާ އިރު ޝެންހާއީ އަށް ދަތުރުތައް ފަށާނީ މި މަހުގެ 27 ގަ އެވެ.

އެއާބަސް އޭ330 ބޯޓުން 260 މީހުން އުފުލޭނެ އެވެ. ބިޒްނަސް، ޕްރިމިއަމް އިކޮނޮމީ އަދި އިކޮނޮމީ ކްލާސްއަށް ވެސް ހާއްސަ ކޮށްފައިވާ އެ ބޯޓުން ދުރުރާސްތާގެ ދަތުރުތައް ކުރެވޭނެ އެވެ. ކާގޯ އުފުލޭ ކެޕޭސިޓީއަކީ 10 ޓަނެވެ.

ދަތުރުުކުރާ ކޮންމެ ފަސިންޖަރަކަށް ވެސް 40 ކިލޯގެ ބެގޭޖު އުފުލޭނެ އެވެ. އެއާބަސް އޭ330 ބޯޓާ އެކު، މޯލްޑިވިއަން އެއާލައިންގެ ފްލީޓުގެ އަދަދު 25 އަށް އިތުރުވާނެ އެވެ. މޯލްޑިވިއަން އިން އަންނަނީ އެއާބަސް އޭ330 ގެ ބޯޓެއް މިއަހަރުގެ ފަހުކޮޅުގައި ވެސް ގެންނަން މަސައްކަތް ކުރަމުންނެވެ. އެއާ އެކު އެއާލައިނުން ޔޫރަޕްގެ ސިޓީތަކަށް ވެސް ސީދާ ދަތުރުތައް ކުރާނެ އެވެ.

މޯލްޑިވިންއަންގެ ހިދުމަތް ފުޅާކުރަން މި އަހަރުގެ އޮކްޓޯބަރުގެ ތެރޭގައި އިތުރު ވައިޑް-ބޮޑީ ބޯޓެއް ވެސް ގެންނަން ހަމަޖެހިފައިވެ އެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައި ޔޫރަޕްގެ ގައުމުތަކަށް ވެސް ދަތުރުތައް ކުރާނެ އެވެ.

މީގެ ސަބަބުން އެ އެއާލައިނުން ރާއްޖެ އަށް އަހަރަކު 60،000 ފަސިންޖަރުން ގެނެވޭނެ ކަމަށް ބުނެފައިވެ އެވެ. އާ ބޯޓުގައި ތިން ކެޓަގަރީގެ ފަސިންޖަރުންނަށް ޚިދުމަތް ދޭނެ އެވެ އެއީ އިކޮނޮމީ، ބިޒްނަސް އަދި ޕްރީމިއަމް ކްލާހުގަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު