ވިޔަފާރި
މޯލްޑިވިއަންގެ އެއާ ޝޯއާއެކު ފޮޓޯ އަދި ވީޑިއޯ މުބާރާތެއް
މޯލްޑިވިއަންގެ ބޮޑު ބޯޓު ގެނައުން ފާހަގަކުރުމަށް ބާއްވާ ހަރާކާތުގައި އަގުހުރި އިނާމުތަކާއެކު ފޮޓޯ އަދި ވީޑިއޯގްރަފީ މުބާރާތަކާއި ގިނަ އިނާމުތައް ހިމެނޭ ލަކީޑްރޯއެއް އޮންނާނެކަމަށް މޯލްޑިވިއަނުން ވބުނެފި އެވެ.

މި އެއާ ޝޯ އޮންނާނީ އަންނަ ހޯމަ ދުވަހުގެ ހަވީރު 5:00-5:30 އަށް މާލޭގެ އުސްފަސްގަނޑުގެ އިތުރުން ހުޅުމާލެ 1 އަދި 2ގެ އިރުމަތީ ފަރާތު އަތިރިމަތިން ފެންނަ ގޮތަށެވެ.

މި މުބާރާތުގައި ދެ ކެޓަގަރީ އިން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ. 1 ވަނަ އިނާމެއްގެ ގޮތުގައި ރާއްޖޭގެ 5 ތަރީގެ ރިސޯޓެއްގައި 2 ރޭ ހޭދަކުރުމުގެ ފުރުޞަތު ދެ މީހަކަށް ދިނުން ހިމެނެއެވެ. 2 ވަނަ އިނާމެއްގެ ގޮތުގައި އިންޑިއާ ދެކޮޅު ޓިކެޓު ދެމީހަކަށް އަދި 3 ވަނަ އިނާމެއްގެ ގޮތުގައި ރާއްޖޭގެ މަންޒިލަކަށް ދެ މީހަކަށް ދެކޮޅު ޓިކެޓު ދިނުން ހިމެނެއެވެ. 

މީގެ އިތުރުން މުބާރާތުން ވަނަތައް ހޯދާ މީހުންނަށް އެއާބަސް އޭ330-200 މަރުކާގެ ފްލައިޓެއްގެ މޮޑެލް ލިބޭނެ ކަމަށް މޯލްޑިވިއަން އިން ވަނީ ބުނެފަ އެވެ.

މުބާރާތުގެ ފޮޓޯ އާއި ވީޑިއޯ މިމަހުގެ ނުވަ ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ސޯޝަލް މީޑިއާގައި ޕޯސްޓް ކުރަންޖެހެ  

އެއާ ޝޯގެ ފޮޓޯ އާއި ވީޑިއޯ ޕޯސްޓްކުރާއިރު މޯލްޑިވިއަން ޓެގްކޮށް #މޯލްޑިވިއަންއޭރޯއެއާޝޯ ހޭޝްޓެގް ބޭނުންކުރަންޖެހެ އެވެ. އަދި ފޮޓޯ އާއި ވީޑިއޯ ޕޯސްޓްކުރާ ޕްރޮފައިލް އަކީ ޕަބްލިކް ޕްރޮފައިލް އަކަށް ވާންޖެހޭނެ ކަމަށްވެސް މޯލްޑިވިއަން އިން ބުނެފައިވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު