
ވެމްކޯއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނިން މިގޮތަށް ނިންމީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާގެ މަތިން ކަމަށެވެ. ނަމަވެސް ރައީސް މިފަދައިން ލަފާދެއްވި ސަބަބެއް ބަޔާނުގައި ބުނެފައެއް ނުވެ އެވެ."މި ބަދަލާއެލި، ވެމްކޯގެ ހިދުމަތް ފޯރުކޮށްދޭނީ އަދި ހިދުމަތަށް ބިލު ކުރެވޭނީ ވެމްކޯގެ ހިދުމަތައް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަން،" ވެމްކޯއިން ބުނެފައިވެ އެވެ.އެހެންކަމުން ބިލު ކުރުމުގެ މަސައްކަތް ކުރިއަށްދާނީ ކުރިންވެސް އޮތް އުސޫލުން ކަމަށް އެ ކުންފުނީގެ ބަޔާނުގައިވެ އެވެ.އަތޮޅުތަކުގައި ކުނީގެ ފީ ކަރަންޓު ބިލުގައި ހިމެނުން ހުއްޓާލިއިރު، މާލެ ސަރަހައްދުގައި ކުނީގެ ބިލާއި ކަރަންޓު ބިލް އެއްކޮށްލީ 2023 އިން ފެށިގެންނެވެ.