ޚަބަރު
ވެމްކޯ ސައިޓެއްގައި ހިނގި ހާދިސާއެއްގައި އަނިޔާވި މީހަކު ވެންޓިލޭޓަރުގައި
ވެމްކޯ މުވައްޒަފުން މަސައްކަތުގައި
ވެމްކޯގެ މާލޭ ސައިޓެއްގައި ހިނގި ހާދިސާއެއްގައި ވެމްކޯގެ މުވައްޒަފަކު ވަރަށް ބޮޑަށް ޒަހަމްވެއްޖެ އެވެ. 

މި ހާދިސާ ހިނގާފައި ވަނީ، މިދިޔަ އާދީއްތަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށްވެ އެވެ. އަދި އެ މީހާ ވެމްކޯ ވެހިކަލެއް ތެރެއަށް ވެއްޓިފައި އޮތް ފޮޓޯއެއް މިއަދު ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

މި ހާދިސާއަށް ދެ ދުވަސްވެ، އެ މުވައްޒަފުގެ ހާލަތު ސީރިއަސްވެފައިވާއިރު، މިކަމުގެ މައުލޫމާތެއް މީގެ ކުރިން އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނުވެ އެވެ.

ކޮންޓެއިނަރެއްގެ ތެރެއަށް މީހަކު ވެއްޓިފައި އޮތް މަންޒަރު ފެންނަ ފޮޓޯއަކާ އެކު ސޯޝަލް މީޑިއާގައި މީހަކު ކުރި ޕޯސްޓެއްގައި ބުނި ގޮތުގައި ވެހިކަލް ޑަމްޕްކުރާ ކޮންޓެއިނާ ތެރެއަށް ޑްރައިވަރު ވެއްޓުނީ ރޭމްޕް މަތިންނެވެ. އޭނާ ވެއްޓުނީ 12 ނުވަތަ 13 ފޫޓު މަތިން ކަމަށް ވެސް އެ ޕޯސްޓްގައި ބުނެފައިވެ އެވެ.

އެ ހާދިސާގައި ޑްރައިވަރުގެ މޭކަށިނގަޑުގެ ތިން ތަނަކުން ބިނދިފައިވާ ކަމަށް ވެސް ސޯޝަލް މީޑިއާގައި ކުރި ޕޯސްޓްގައި ބުންޏެވެ.

އެކަމާ ބެހޭ ގޮތުން ވެމްކޯގެ ބަހެއް އަދި ނުލިބެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު