ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ކުނި މަގުމަށްޗަށް ނުނެރުމަށް އިލްތިމާސްކޮށްފި
އައިމިނަތު ޝިޔާޒާ
05 ފެބުރުއަރީ 2025 - 13:53
0
comments
ކުނި ނޭޅުމަށް އެދި ހަރުކޮށްފައިވާ ބޯޑެއްގެ ކުރިމައްޗަށް ކުނި އަޅާފައި - ފޮޓޯ: ދައުރު
Tweet
Telegram
އަންނަ މާޗު މަހު ފަށާ ރޯދަ މަހަށް ތައްޔާރުވުމަށް ގޭތެރެ ސާފުކުރުމަށް ފަހު އުފެދޭ ކުނި މަގުމައްޗަށް ނޭޅުމަށް އެންވަޔަރަމެންޓު ޕްރޮޓެކްޝަން އެޖެންސީ (އިޕީއޭ)ން މިއަދު އިލްތިމާސް ކޮށްފި އެވެ.
އީޕީއޭއިން އިއްޔެ ނެރުނު ބަޔާނެއްގައިވަނީ ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން، ތަންތަން ސާފު ކުރުމަށްފަހު ނެރޭ ގިނަ އަދަދެއްގެ ކުނިތައް މަގުތަކާއި ދުވާރު މަތީގައި ބަހައްޓާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި ފިހާރަތަކުންނާއި ގޭބިސީތަކުން މަގުމަތީގައި ކުނި ބަހައްޓާކަން ފާހަގަ ކުރެވޭ ކަމަށް އެ ބަޔާނުގައިވެ އެވެ.
އޭގެ ސަބަބުން ސިއްހީ ގޮތުން ބޮޑެތި ބަލިތައް ފެތުރި އަދި މަގުތައް ސާފުތާހިރުކަން ގެއްލުމާއެކު، ހިނގާ މީހުންނަށް ވެސް ދަތިތަކާ ކުރިމަތިވާ ކަމަށް އީޕީއޭގެ ބަޔާނުގައިވެ އެވެ. އަދި އެކަމަކީ ގާނޫނީ ގޮތުން މަނާ ކަމެއްކަން ވެސް އެ ބަޔާނުގައި ފާހަގަ ކޮށްފައިވެ އެވެ.
"އަދި [މިއީ] ސިއްހީ ގޮތުން ބޮޑެތި މައްސަލަތަކެއް ކުރިމަތިވެދާނެ ކަމެއް ކަމުގައި ވާތީވެ، މަގުމައްޗަށާއި ހުސްކޮށް ހުންނަ އިމާރާތްތަކަށާއި އާންމު ސަރަހައްދުތަކަށް ކުނިބުނި ނޭޅުމަށް ދަންނަވަމެވެ،" އިއުލާނުގައިވެ އެވެ.
އެހެންކަމުން ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ކުނި އުކާލުމުގެ އިންތިޒާމްތައް ކުނި މެނޭޖް ކުރުމުގެ ހިދުމަތްދޭ ފަރާތްތަކާއި ވޭސްޓް މެނޭޖަންޓް ކޯޕަރޭޝަނާއި ގުޅިގެން ހަމަޖެއްސުމަށް އެ ބަޔާނުގައި އީޕީއޭއިން އެދިފައިވެ އެވެ.
ކޮންމެ އަހަރަކުވެސް ރަމަޟާން މަހާ ދިމާކޮށް ގޭބިސީތައް ސާފުކުރުމަށްފަހު އުފެދޭ ބޮޑެތި ކުނި މަގުމައްޗަށް އުކާލާ މައްސަލަ ބޮޑުވެއެވެ. މިގޮތަށް ކުނި އުކާލާ ފަރާތްތަކާމެދު ފިޔަވަޅުވެސް އަޅައެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
1 ދުވަސް ކުރިން
0
މެނިންގޯކޮކަލްގެ އިތުރު ކޭސްއެއް ނެތް: އެޗްޕީއޭ
3 މަސް ކުރިން
0
އެއްވެސް މީހަކު އަމިއްލަ އަމިއްލައަށް ރޯދަ އާއި އީދު އިއުލާނު ނުކުރަން އެދެފި
3 މަސް ކުރިން
0
ރަމަޟާން މަހަށް ފަހު ހެޔޮ އަމަލުކުރުން މަތީ ދެމިތިބޭށެވެ
3 މަސް ކުރިން
0
އުރީދޫގެ އެމް-ފައިސާ މެދުވެރިކޮށް ފަސޭހަކަމާ އެކު ޒަކާތް ދެއްކޭނެ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
އުރީދޫ ފަން ރަން ގައި ބައިވެރިވުމުގެ ފުރުސަތު މިރޭ ހަމަވަނީ
4 ގަޑިއިރު ކުރިން
0
ޓްރީ ޓޮޕާއި އިންޑިއާ ހައިކޮމިޝަން ގުޅިގެން ލޭ ހަދިޔާކުރުމުގެ ހަރަކާތެއް ހިންގައިފި
5 ގަޑިއިރު ކުރިން
0
އެންޓި ސްކޭމް ބޮޑު އޮޮޕަރޭޝަންގައި އެންމެ ގިނަ ފައިސާ އަނބުރާ ހޯދީ ރާއްޖެއިން
5 ގަޑިއިރު ކުރިން
0
ރާއްޖޭގެ ބޭރުގެ ފައިސާގެ ރިޒާވު އިތުރުވުމަކީ ލިބުނު ހިތްހަމަޖެހުމެއް: އިންޑިއާ
19 ގަޑިއިރު ކުރިން
0