ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
މިއީ ކިއުގައިޖެހިގެން މަސްކިރުވާނެ އެންމެ ފަހު އަހަރު: ޝިޔާމް
ހަސަން ހަލީމް
11 ފެބުރުއަރީ 2025 - 11:06
0
comments
Tweet
Telegram
މިއީ މަސްވެރިން މަސް ކިރުމަށް ކިޔުގައި ޖެހިގެން ތިބެންޖެހޭނެ ފަހު އަހަރު ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.
ޝިޔާމް ވިދާޅުވީ މަސްވެރިން މި ވަގުތު ކިޔޫގައި ތިބެން ޖެހިފައިވަނީ މިހާތަނަށް އެއްވެސް ސަރުކާރަކުން މަސްވެރިންގެ ކިޔޫ ނައްތާލަން މަސައްކަތް ނުކުރުމުން ކަމަށެވެ.
އެހެންނަމަވެސް މި ސަރުކާރުން މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކާއެކު އެއްވެސް އުނދަގުލަކާއި ނުލައި މަސްވެރިންނަށް މިސްކިރުމުގެ އިންތިޒާމް، ކުރިއަށް އޮތް ތަނުގައި ފަހިވެގެންދާނެ ކަމުގައި ޝިޔާމް ވިދާޅުވި އެވެ.
"...ކިޔޫ ނަމްބަރު އެބަދެވޭ. ކިޔޫ ނަމްބަރު މި ދެވެނީ ދޯންޏަކުން ގުޅާލާފަ މި އަންނަނީއޭ ތިމަންނަމެންގެ އެބަހުއްޓޭ 40 ޓަނު ނޫނީ 50 ޓަނު. ނަމަވެސް ބަނދަރަށް އަންނައިރު މި ހުންނަނީ 20 ޓަނު. އެހެންވީމަ ކިޔޫގެ ދެވަނާގައި އިންނަ ދޯންޏަށް އަވަހަށް ކިޔޫ ނަމްބަރު އެބަ ދެވޭ،" ކަންތައްތައް ހިނގާ ގޮތް ފާހަގަކުރައްވައި ޝިޔާމް ވިދާޅުވި އެވެ.
އެހެންނަމަވެސް މިއަދު ނޫނީ މާދަމާ އެ ކިޔޫތަކަށް މިފްކޯއިން މަސް ކިރުވާނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
މިފްކޯގެ މިވަގުތުގެ ކެޕޭސިޓީއަކީ ދުވާލަކު 420 ޓަނެވެ. ނަމަވެސް 450 ޓަނުގެ މަސް ކިރަންޖެހޭ ދުވަސްތައްވެސް މިހާރު އަންނަކަމަށް
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް
ވިދާޅުވި އެވެ.
ސަރުކާރުން އަންނަނީ މަސްވެރިކަމުގެ ކެޕޭސިޓީ އިތުރުކުރުމުގެ އަމަލީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މަސްވެރިކަމުގެ ސްޓޯރޭޖް ކެޕޭސިޓީއާ ގުޅޭގޮތުން
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް
މީގެ ކުރިން ވިދާޅުވެފައިވަނީ އެއްގަމުގައި ހުރި ސްޓޯރޭޖް ކެޕޭސިޓީ އަކީ 4200 ޓަނުކަމަށާއި އެއީ އެންމެ އެކަށީގެންވާ ކެޕޭސިޓީ ނޫންކަމަށެވެ. ވަޒީރު ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތުގައި ކުރަން ހުރި ހުރިހާ މަސައްކަތަކަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާއިރު މި މަސައްކަތްތައް ކުރިއަށް އޮތް ދޮޅު އަހަރާއި ދެ އަހަރާ ދޭތެރޭ ނިންމައި، އެތަންތަނުން ހިދުމަތް ލިބޭނެކަމަށެވެ.
އަދި އޭގެ ސަބަބުން ކަނޑުމަތީގެ ބޯޓުތަކާއި އެއްގަމުގެ ސްޓޯރޭޖް އެއްކޮށްލައިގެން މިހާރު ހުރި 8000 ޓަނުގެ ސްޓޯރޭޖް 25000 ޓަނަށް އިތުރުވެގެންދާނެކަމަށް
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް
ވިދާޅުވި އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
2 ދުވަސް ކުރިން
0
ފަސް މަސް ތެރޭގައި 470 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފިން: ރައީސް
4 ދުވަސް ކުރިން
0
އެމްޑީޕީގެ ވެރިކަމެއްގައި އިޒްރޭލު މީހުން އަންނަން އަލުން ހުއްދަދޭނެ: ފަލާހު
4 ދުވަސް ކުރިން
0
އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭ ގޮތަށް މަޖިލީހުން ފާސްކޮށްފި
4 ދުވަސް ކުރިން
0
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އިހުމާލުވުމާ ގުޅޭ ކުއްލި މައްސަލަ ބޭރުކޮށްލައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން ރައީސް ޝަރަފުވެރިކޮށްދެއްވައިފި
2 ގަޑިއިރު ކުރިން
0
މި އަހަރު މާލޭގައި އެންމެ ގިނައިން ކަރަންޓު ބޭނުންކުރީ މިދިޔަ ބުރާސްފަތި ދުވަހު
2 ގަޑިއިރު ކުރިން
0
ސިފައިންގެ އަހަރީ ދުވަސް ފާހަގަކުރަން މިއަދު މާލޭގައި އަސްކަރީ ހިނގާލުމެއް
5 ގަޑިއިރު ކުރިން
0
މަޖީދިއްޔާގެ ހިޔަލުން ގެނައި ކުރިއެރުމަށް ނިމުމެއް ނެތް: ރައީސް
9 ގަޑިއިރު ކުރިން
0