ޚަބަރު
14 ކިލޯގެ ޑްރަގާ އެކު އަންހެނަކު ހައްޔަރަށް
ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 14 ކިލޯގެ މަސްތުވާތަކެއްޗާ އެކު ޒުވާން އަންހެން ކުއްޖަކު ހައްޔަރުކޮށްފިއެވެ.

ފުލުުހުން ބުނީ އެ މައްސަލައިގައި ހައްޔަރު ކުރީ ހއ. ތުރާކުނު، އާހިޔާ، މަރިޔަމް ޒީނާ 23، ކަމަށެވެ. ފުލުހުން ބުނީ 14 ކިލޯގެމަސްތުވާ ތަކެއްޗަކީ ކޯޓް އަމުރެއްގެ ދަށުން އޭނަ ހައްޔަރުކޮށް ހުޅުމާލެ ފޭސް އެކެއްގައި ހުރި ގެއެއް ބަލައި ފާސްކުރިއިރު، ފެނުނު ތަކެތި ކަމަށެވެ.

ޒީނާގެ ބަންދާ މެދު ގޮތެއް ނިންމުނަށް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް ވަނީ 15 ދުވަސް ޖަހައިފަ އެވެ.

މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން ނުދެއެވެ. މި މައްސަލަ އަންނަނީ ތަހުގީގުކުރަމުން ކަމަށް ފުލުހުން ބުންޏެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު