ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ޕޮލްކޯގެ ސީއީއޯ އަނީސް މަގާމުން ވަކިކުރަނީ
އައިމިނަތު ޝިޔާޒާ
23 ފެބުރުއަރީ 2025 - 22:34
0
comments
ޕޮލްކޯގެ ސީއީއޯ އަނީސް: އޭނާ މަގާމުން ވަކިކުރަން ވަނީ ހުށަހަޅާފައި
Tweet
Telegram
ފުލުހުންގެ ވެލްފެއާ ކޯޕަރޭޝަން، ޕޮލްކޯގެ ސީއީއޯ އަހުމަދު އަނީސް މަގާމުން ވަކިކުރަން އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް އެ ކޯޕަރޭޝަންގެ ބޯޑަށް ހުށަހަޅައިފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، އަނީސްގެ އިތުބާރުގެ ނެތް ކަމުގެ މައްސަލައެއް ޕޮލްކޯގެ ބޯޑަށް ވަނީ ހުށަހަޅައިފައެވެ. އެ މައްސަލަ ބަލަން އޭނާ މިއަދު ބޯޑުގެ ބައްދަލުވުމަކަށް ހާޒިރުވާން އެންގުމުން، އެ ބައްދަލުވުމަށް ހާޒިރުނުވި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އެހެންވެ، މައްސަލަ ބަލައި ނިމެންދެން އަނީސް ސަސްޕެންޑު ކުރަން ބޯޑުން ވަނީ ނިންމައިފައެވެ.
ފުލުހުންގެ ޚިދުމަތުގައި 20 އަހަރަށްވުރެ ގިނަ ދުވަސް ހޭދަކުރައްވައިފައިވާ އަނީސް ޕޮލްކޯގެ ސީއީއޯ ކަމަށް އައަޔަންކޮށްފައިވަނީ މިދިޔަ އަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ.
އަނީސް ސަސްޕެންޑުކޮށްފައިވަނީ، ޕޮލްކޯގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލައި، ޕޮލްކޯ ދެ ފަހަރެއްގެ މަތިން ބަލައިފާސްކޮށްފައި ވަނިކޮށެވެ.
ޕޮލްކޯ އަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރަނީ ފުލުހުންނަށް ފްލެޓް އިމާރާތް ކުރުމުގައި ހިންގާފައިވާ ބައެއް ކަންތައްތަކާ ގުޅިގެންނެވެ. އެ ކޮރަޕްޝަންގައި ފުލުހުންގެ ބައެއް އިސް ވެރިންގެ ޝާމިލުވުން ބޮޑުކަން ފާހަގަކުރެވޭ ކަމަށް އެ މައްސަލަތައް ބަލާ ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީން ވެސް މިދިޔަ ހަފުތާގައި ވަނީ ބުނެފަ އެވެ.
އެހެންވެ އެ މައްސަލަ ބަލާއިރު، އެ ބޭފުޅުން މަގާމުތަކުގައި ތިބެވިދާނެ ކަމާ މެދު އެ ކޮމިޓީގެ މެމްބަރުން މިހާރު ގެންދަވަނީ ސުވާލު އުފައްދަވަމުންނެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
3 ދުވަސް ކުރިން
0
އަންހެން ޓީޗަރަކު ފިރިހެން ދަރިވަރަކު ގްރޫމްކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ބަލަނީ
3 ދުވަސް ކުރިން
0
ވައިގެ މަގުން ހަނިމާދޫއަށް ޑްރަގް އެތެރެކުރަން އުޅުނު ބަޔަކު ހައްޔަރުކޮށްފި
4 ދުވަސް ކުރިން
0
ގާސިމްގެ ހަރަދުގައި މާމިގިލީ ޕޮލިސް ސްޓޭޝަން ހަދަން ހުށަހަޅައިފި
4 ދުވަސް ކުރިން
0
ޕޮލްކޯ އަށް އަނެއްކާވެސް އޭސީސީން ވަދެ ލިޔެކިޔުންތައް ގެންދަނީ!
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަނީ
3 ގަޑިއިރު ކުރިން
0
މި އަހަރު ވެސް ރޯދަމަހުގެ ފެނާއި ކަރަންޓު ބިލުން ޑިސްކައުންޓު ދޭނަން: ރައީސް
3 ގަޑިއިރު ކުރިން
0
ބީއެމްއެލްއިން ކުޑަހުވަދޫގައި ހިދުމަތް ދިނުމަށް އާ އިމާރާތެއް އަޅަނީ
3 ގަޑިއިރު ކުރިން
0
އެޗްޑީސީން އެއް މިލިއަން ގަސް އިންދަނީ
3 ގަޑިއިރު ކުރިން
0