ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ގާސިމްގެ ހަރަދުގައި މާމިގިލީ ޕޮލިސް ސްޓޭޝަން ހަދަން ހުށަހަޅައިފި
މަރިޔަމް އަނާ
20 ފެބުރުއަރީ 2025 - 12:21
0
comments
ގާސިމް ވިލާ އިންޓަނޭޝަނަލް އެއާޕޯޓުގައި ގާސިމް މަޑުކޮށްލައްވައިގެން
Tweet
Telegram
އދ. މާމިގިލީގައި އިމާރާތްކުރަން ނިންމާފައިވާ ފުލުހުންގެ އިމާރާތް އެ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމްގެ ވިލާ ފައުންޑޭޝަންގެ ހަރަދުގައި އިމާރާތްކުރަން ގާސިމް ހުށަހަޅުއްވައިފި އެވެ.
އެ ހުއްދައަށް އެދިވަޑައިގެން ސީޕީއަށް އެޑްރެސްކުރައްވައި އިއްޔެ ވަނީ ސިޓީއެއް ފޮނުއްވާފަ އެވެ.
ސިޓީގައި ވަނީ ފާއިތުވި ފަސް އަހަރުވެސް ދައުލަތުގެ ބަޖެޓުގައި މާމިގިލީގައި ފުލުހުންގެ އިމާރާތެއް އެޅުމަށް ހިމެނިކަން ފާހަގަކުރައްވާފަ އެވެ.
އެކަމުގައި "އުޅެމުންދާ ދަތި ހާލު" ވަޒަން ކުރެވޭ ކަމަށް ވިދާޅުވެ އުފަން ރަށް މާމިގިލީގެ ފުލުހުންގެ އިމާރާތުގެ މަސައްކަތް ވިލާ ފައުންޑޭޝަންގެ ސްޕޮންސާޝިޕްގައި ކުރަން ނިންމަވާފައިވާކަން ގާސިމް ހާމަކުރެއްވި އެވެ.
"ކޮމިޝަނާ އޮފް ޕޮލިސް ހުއްދަ ދެއްވައިފި ނަމަ މާމިގިލީގައި އެޅުމަށް ހަމަޖެހިފައިވާ ފުލުހުންގެ މަރުކަޒު ވިލާ ފައުންޑޭޝަންގެ ސްޕޮންސާޝިޕްގެ ދަށުން އިމާރާތް ހެދުމަށް އަޅުގަނޑު ނިންމާފައިވާ ވާހަކަ ދެންނެވީމެވެ. ވީމާ އިމާރާތް ކުރުމަށް ބޭނުންވާ ކުރެހުމާއި އިމާރާތް ހެދުމަށް ސްޕޮންސަޝިޕް ގަބޫލުކުރި ކަމުގެ ލިޔުން ލިބޭނެ ގޮތް ހަމަޖައްވައި ދެއްވުން އެދެމެވެ،" ގާސިމްގެ ސިޓީގައިވެ އެވެ.
ފުލުހުންގެ ތަފާސްހިސާބަށް އަލިއަލުވައިލައްވަމުން ގާސިމް ވިދާޅުވި ގޮތުގައި އދ. އަތޮޅުގައި ކުށްކުރުން އެންމެ ގިނައީ ވެސް މާމިގިލީގަ އެވެ. އެހެންވެ، ފުލުހުންގެ ހިދުމަތް ދިނުމަށް ރީޖަނަލް ފެންވަރުގެ ސްޓޭޝަނެއް ގާއިމް ކުރުމަށް އެކި ފަހަރު މަތިން ވާހަކަތައް ދެއްކެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
1 ދުވަސް ކުރިން
0
މާލޭގައި މާރާމާރީއެއް ހިންގަން ރޭވި ބަޔަކު ހައްޔަރުކޮށްފި
6 ދުވަސް ކުރިން
0
25 އަހަރަށް ފަހު ރިޓަޔާވާ ފުލުހުންނަށް، މަގާމުގައި ތިބި އިރު ލިބުނު ގޮތަށް ބޭސްފަރުވާ ދެނީ!
17 ދުވަސް ކުރިން
0
ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 5،600 ވޭޕް ކާޓްރިޖު އަތުލައިގެންފި
17 ދުވަސް ކުރިން
0
ޑައިވް އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންނާއި ސިފައިންގެ އަގުވަޒަންކޮށްފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ހެރިޓޭޖް މިނިސްޓްރީ އިޝްތިހާރުކޮށް ޕީއާރު ހިންގާނެ ބަޔަކު ހޯދަނީ
4 ގަޑިއިރު ކުރިން
0
މި ސަރަހައްދުން ހިމަބިހި އެންމެ ބާރަށް ފެތުރެމުންދާ ގައުމުތަކުގެ ތެރޭގައި ރާއްޖެ
4 ގަޑިއިރު ކުރިން
0
ހޯރަފުށިން އެންމެ ގޮނޑިއެއް ވެސް ޕީއެންސީއަށް ނުލިބުނު ؛ ސަބަބުތައް!
5 ގަޑިއިރު ކުރިން
0
ޑީބީއެމްގެ މަސައްކަތް ނުފެށި އުޅެނިކޮށް ޗެއާޕާސަން ވެސް އިސްތިއުފާ ދެއްވައިފި
4 ގަޑިއިރު ކުރިން
0