ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
މަޖިލީސް މެންބަރުންގެ ގޮނޑި ގެއްލުން ހުއްޓުވުމަށް ވަގުތީ އަމުރަކަށް އެދިއްޖެ
މަރިޔަމް އަނާ
25 ފެބުރުއަރީ 2025 - 11:34
0
comments
Tweet
Telegram
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެ މެންބަރުން އިންތިޚާބުވި ޕާޓީން ވަކިވުމުންނާއި ވަކިކުރުމުން ވެސް ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހާ ގުޅޭ މައްސަލަ ސުޕްރީމް ކޯޓުގައި އޮއްވައި، އިސްލާހަށް އަމަލުނުކުރުމުގެ ވަގުތީ އަމުރެއް ނެރެދޭން އެދިއްޖެ އެވެ.
ވަގުތީ އަމުރަކަށް އެދިވަޑައިގެންފައި ވަނީ އެ އިސްލާހު ބާތިލުކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅުއްވާފައިވާ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސެއިނެވެ.
އަލީ މިއަދު ވިދާޅުވީ ދުސްތޫރީ މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމުމުގެ ކުރިން އެ އިސްލާހަށް އަމަލު ކުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދިވަޑައިގެންފައިވާ ކަމަށެވެ.
"އަޅުގަނޑު ހުށައަޅާފައިވާ މައްސަލަ ސުޕްރީމް ކޯޓުން ނިންމުމުގެ ކުރިން، ގއ ގެ 73 ވަނަ މާއްދާއަށް ގެނައި ބަދަލުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރެއް މަގާމުން ވަކިކުރުމާބެހޭ އެއްވެސް އިޖުރާއަތެއް ނުހިންގުމަށް އަމުރުކޮށް ވަގުތީ އަމުރެއް ނެރެދިނުމަށް ހުށައަޅައިފިން،" އަލީ ވިދާޅުވި އެވެ.
ދައުލަތުން ވަނީ މި މައްސަލައަކީ ސުޕްރީމް ކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށް ބުނެފައެވެ.
އެ އިޖުރާއީ ނުކުތާއާ ގުޅިގެން ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާ އެ ކޯޓުގެ މުޅި ބެންޗުގައި މަޝްވަރާކުރުމަށް ފަހު، ނިންމާފައިވަނީ މި މައްސަލަ ކުރިއަށް ގެންދާށެވެ. އެއަށް ފަހު، މައްސަލަ ކޯޓުން ބެލޭނެތޯ ފަނޑިޔާރުންނަށް ފެނިވަޑައިގަންނަވާ ގޮތް ހުކުމުގައި ހިމަނަން ވަނީ ނިންމައިފައެވެ.
އެހެންވެ، ދައުލަތުގެ ފަރާތުން ވަނީ މި މައްސަލައިގައި ޖަވާބުދާރީވާން 10 ދުވަހުގެ މުއްދަތެއް ދޭން އެދިފައެވެ. ޝަރީއަތުން ނިންމީ ދައުލަތުން އެދުނު ގޮތަށް އެ މުއްދަތު ދޭށެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
2 ގަޑިއިރު ކުރިން
0
އެކްސްޕެޓް ސިސްޓަމް މައްސަލާގައި ކުރީ ސަރުކާރުގެ ވެރިންގެ ތަހުގީގެއްކުރަން ހުށަހަޅާނީ
2 ގަޑިއިރު ކުރިން
0
ތަކުރާރުކޮށް ނިޒާމީ ނުކުތާ ނެންގެވުމުން މީކާއިލް ތަޅުމުން ނެރެފި
16 ގަޑިއިރު ކުރިން
0
މިނިސްޓަރު އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މާދަމާ އަށް އެޖެންޑާކޮށްފި
1 ދުވަސް ކުރިން
0
ރިޔާސަތުގައި މި އިންނަނީ މިނިވަންކަމާއެކު: އަބްދުއްރަހީމް
ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ބީއެމްއެލްއިން ރިނބިދޫގައި އޭޓީއެމްގެ ހިދުމަތް ފަށައިފި
2 ގަޑިއިރު ކުރިން
0
ދިރާގުގެ 36 ވަނަ އަހަރީ އާންމު ޖަލްސާ ބާއްވައިފި
2 ގަޑިއިރު ކުރިން
0
ބީއެމްއެލް ޝޮޕް އެންޑް ވިން ޕްރޮމޯޝަނުގެ އެއް ލައްކަ ރުފިޔާ ދީފި
2 ގަޑިއިރު ކުރިން
0
އެކްސްޕެޓް ސިސްޓަމް މައްސަލާގައި ކުރީ ސަރުކާރުގެ ވެރިންގެ ތަހުގީގެއްކުރަން ހުށަހަޅާނީ
2 ގަޑިއިރު ކުރިން
0