ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
އެކްސްޕެޓް ސިސްޓަމް މައްސަލާގައި ކުރީ ސަރުކާރުގެ ވެރިންގެ ތަހުގީގެއްކުރަން ހުށަހަޅާނީ
އަހުމަދު ނިހާން
25 ފެބުރުއަރީ 2025 - 11:42
0
comments
Tweet
Telegram
ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ކަންކަން ބަލަހައްޓާ އެކްސްޕެޓް ސިސްޓަމްގެ މައްސަލައިގައި އިހުމާލުވި ކުރީ ސަރުކާރުގެ ވެރިންނަށް ޖިނާއީ ތަހުގީގުކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅުއްވާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.
އިހުސާން މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހެޅިފައިވާ ވަޒީރުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި، ޖަވާބުދާރިވެވަޑައިގަންނަވަމުންނެވެ.
އިހުސާންގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައިގައި މައިގަނޑު 3 ނުކުތާއަކަށް ވަނީ ޖަވާބުދާރީވެވަޑައިގެންފައެވެ. އެގޮތުން އެއް މައްސަލައަކީ، ރާއްޖެއަށް ބިދޭސީން ގެނައުމުގެ ޚިދުމަތް ފޯރުކޮށްދޭ އެކްސްޕެޓް ސިސްޓަމް ހެދި މެލޭޝިއާގެ ބެސްޓިނެޓް ކުންފުންޏާ އައު ސިސްޓަމެއް ހެދުމަށް ހަވާލުކުރި މައްސަލަ އެވެ.
މިމައްސަލާގައި ކަން ހިންގާފައިވާ ގޮތުގެ ތަފްސީލް އިހުސާން ވަނީ މަޖިލީހުގައި ހާމަކުރައްވާފަ އެވެ. އެގޮތުން މިކަމާ ގުޅޭ އެއްވެސް އެއްބަސްވުމެއް ނެތް ކަމަށް ވަޒީރުގެ މައްޗަށް ކޮށްފައިވާ އިތުބާރުނެތް ކަމުގެ މައްސަލާގައި ވަނީ ތުހުމަތުކޮށްފައިވައެވެ. ނަމަވެސް އެފަދަ އެއްބަސްވުމެއް އޮތްކަން ހާމަކުރައްވާ 2016 ވަނަ އަހަރު އޮކްޓޯބަރ މަހު ސޮއިކޮށްފައިވާ އެއްބަސްވުން ވަޒީރު ވަނީ މަޖިލީހުގައި ދައްކާލާފައެވެ. އަދި އެއްބަސްވުމުގެ ދަށުން އެކުންފުނިން 13.4 މިލިޔަން ޑޮލަރު އިންވެސްޓު ކުރަން ޖެހޭކަން އިހުސާނު ވިދާޅުވި އެވެ.
"އަޅުގަނޑު މިއަދު މި ޖަލްސާ ނިންމާފަ ގޮއްސަ މިދެންނެވި ހުރިހާ ސިޓީތަކަށް އިހުމާލުވެ މިދިޔަ ފަސް އަހަރު ތެރޭގައި މި މައްސަލައަށް އެއްވެސް ހައްލެއް ނުހޯދާ ދައުލަތަށް ފައިދާވާން އޮތް މައްސަލައެއްގައި ގެއްލުން ދީފައިވާތީވެ (ގާނޫނުލްއުގޫބާތުގެ) 517 ވަނަ މާއްދާގައި އިއްޒަތްތެރި މެންބަރުން ވިދާޅުވިހެން އޭގެ ދަށުން ކުރީ ސަރުކާރުގެ ހުރިހާ ވެރިންގެ މައްޗަށް މިކަން އެނގިތިބި ހުރިހާ ވެރިންގެ މައްޗަށް ޖިނާއީ ތަހުގީގެއް ކޮށްދިނުމަށް އެދި އޭސީސީއަށް ހުށަހަޅާނަން،" އިހުސާން ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ މިހާރު ހުރި އެކްސްޕެޓް ސިސްޓަމްގައި ފަންގްޝަން ހުރި ގޮތުން ރާއްޖޭގައި ބިދޭސީން އުޅޭ އަދަދާއި ބިދޭސީންނާ ގުޅޭ ފައިސާ ހޯދުމުގައި ދަތި އެބަހުރި ކަމަށެވެ. އެހެންކަމުން ބިދޭސީންނާ ގުޅޭ ފީތަކުގެ ގޮތުގައި ރަނގަޅު އަހަރެއްގައި ލިބެނީ 770 މިލިއަން ރުފިޔާ ކަމަށާއި ނަމަވެސް އެ ފައިސާވެސް ނުހޯދޭ ކަމަށެވެ.
އާ ސިސްޓަމާއެކު އެ އަދަދު 1.3 ބިލިއަން އިތުރުކުރެވޭނެ ކަމަށާއި އާ ސިސްޓަމް ބޭނުންކުރަން ނިންމީ އެހެންވެ ކަމަށް އިހުސާން ވިދާޅުވި އެވެ.
ބެސްޓިނެޓުން ބަލަހައްޓަމުންދިޔަ "އެކްސްޕެޓް އޮންލައިން ސިސްޓަމަކީ" ބަންގްލަދޭޝުން ރާއްޖެ އަންނަ މަސައްކަތްތެރިންގެ މެޑިކަލް އަދި އެނޫންވެސް ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތާގުޅޭ ނިޒާމެކެވެ. ނަމަވެސް 2019ވަނަ އަހަރު، ބަންގްލަދޭޝުން ބިދޭސީން ރާއްޖެއަށް ގެނައުން ނިމިދިޔަ ސަރުކާރުން މެދުކަނޑާލީ އެ ހިދުމަތްދެމުން ދިޔަ ކުންފުންޏާއި ވާހަކަދެކެވިގެން ނޫންކަން އިހުސާން މީގެ ކުރިން ވަނީ ފާހަގަކުރައްވާފަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
57 މިނެޓް ކުރިން
0
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރާ ބިލު މަޖިލީހުން ބަލައިގެންފި
59 މިނެޓް ކުރިން
0
ފާސްވީ އިހްސާން އަށް އިތުބާރު އޮތް ކަމަށް
4 ގަޑިއިރު ކުރިން
0
މަޖިލީސް މެންބަރުންގެ ގޮނޑި ގެއްލުން ހުއްޓުވުމަށް ވަގުތީ އަމުރަކަށް އެދިއްޖެ
4 ގަޑިއިރު ކުރިން
0
ތަކުރާރުކޮށް ނިޒާމީ ނުކުތާ ނެންގެވުމުން މީކާއިލް ތަޅުމުން ނެރެފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރާ ބިލު މަޖިލީހުން ބަލައިގެންފި
57 މިނެޓް ކުރިން
0
ފާސްވީ އިހްސާން އަށް އިތުބާރު އޮތް ކަމަށް
59 މިނެޓް ކުރިން
0
ބީއެމްއެލްއިން ރިނބިދޫގައި އޭޓީއެމްގެ ހިދުމަތް ފަށައިފި
3 ގަޑިއިރު ކުރިން
0
ދިރާގުގެ 36 ވަނަ އަހަރީ އާންމު ޖަލްސާ ބާއްވައިފި
3 ގަޑިއިރު ކުރިން
0