ޚަބަރު
އައްޑޫ ބްރިޖުގެ ފަންނީ މަސައްކަތްތަކަށް ލަފާ ދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފި
އައްޑޫ ސިޓީ ހިތަދޫ އާއި ހުޅުމީދޫ ދެމެދު އެޅުމަށް ހަމަޖެހިފައިވާ ބްރިޖުގެ ޓެކްނިކަލް މަސައްކަތްތަކަށް ފަންނީ ލަފާ ދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

އެ އިއުލާނުގައި ވަނީ އައްޑޫ ސިޓީ ހިތަދޫ-ހުޅުމީދޫ ލިންކް ޕްރޮޖެކްޓްގެ ސާވޭ، ޑިޒައިން އަދި ޓެންޑަ ޑޮކިއުމަންޓް، ޓެކްނިކަލް ސްޕެސިފިކޭޝަންއާ ގުޅޭ މަސައްކަތްތަކަށް ކޮންސަލްޓަންސީ ދޭނެ ފާމެއް ހޯދުމަށެވެ.

އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މާޗު 24 ގެ ކުރިން ހުށަހަޅަންޖެހެ އެވެ.

އައްޑޫ ބްރިޖުގެ މަސައްކަތްތަކާ ގުޅޭ ސާވޭ ކުރާނެ ބަޔަކު އަލުން ހޯދާއިރު، އެ ބްރިޖުގެ މަސައްކަތް ކުރުމަށް ބޭނުންވާ ސާވޭތައް ކުރުމަށް މިސްރުގެ އަރަބް ކޮންޓްރެކްޓާސް ގްރޫޕާ، މިދިޔަ އަހަރުގެ ފެބްރުއަރީ 19 ގައި އޮތީ ހަވާލުކޮށްފަ އެވެ.

އައްޑޫ ބްރިޖަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ 

ހިތަދުއާއި ހުޅުމީދޫ ގުޅުވައިދޭ ބުރިޖުގެ ސާވޭ މަސައްކަތަށް މިދިޔަ އަހަރު އޮތީ 30 މިލިއަން ރުފިޔާ ބަޖެޓުކޮށްފައެވެ. ހަމައެއާއެކު މި މަޝްރޫޢުގެ ޑިޒައިން ތައްޔާރު ކުރުމަށް ކުރި ފުރަތަމަ ސާވޭތައް އޭޕްރިލް މަހުގެ 10 ވަނަ ދުވަހު ވަނީ ނިންމާލާފަ އެވެ.

ބުރިޖަކުން ހިތަދޫއާއި ހުޅުމީދޫ ގުޅާލުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް 2018 ވަނަ އަހަރުގެ އިންތިހާބު ތެރޭ ވެވަޑައިގެންނެވި ވައުދުފުޅެކެވެ. ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ އެ މަނިކުފާނު ތާއިދާއެކުގަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު