ޚަބަރު
މެލޭޝިޔާއިން ގެއްލުނު އުސައިދު ވޮލެޓާއި ސްޓޫޑެންޓް ކާޑު ފެނިއްޖެ
މެލޭޝިޔާގައި ގެއްލުނު މީހާގެ ވޮލެޓާއި ސްޓޫޑެންޓް ކާޑު ފެނިއްޖެ -- ފޮޓޯ/ އިބްރާހީމް އަފީފް: ފޭސްބުކް
މެލޭޝިއާ އިން އަހްމަދު އުސެއިދު ގެއްލިގެން ހޯދަން ފެށި ފަހުން އޭނާ އެ ގައުމުގައި ހުންނަ ދިވެހި އެމްބަސީއަށް ދިޔަ ކަން ސީސީޓީވީ ފުޓޭޖްތަކުންނާއި އެތަނުގައި ވޮލެޓް ބާއްވާފައި އޮތުމުން ޔަގީންވެއްޖެ އެވެ.

އުސައިދްގެ ބައްޕަ އިބްރާހިމް އަފީފް ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މި މަހުގެ ދެވަނަ ދުވަހުގެ 15:15 ގެ ފަހުން ސަންވޭ ޖިއޯއިން ނުކުމެގެން އުސެއިދް ދިޔަގޮތަށް އެއްވެސް ޚަބަރެއްނުވެގެން، އެރޭ 22:00 ގައި އެކަން ފުލުހަށް އެންގި ކަމަށެވެ. އަދި ހަމަ އެދުވަހު މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނަށް ވެސް އެކަން އެންގި ކަމަށްވެސް ބުންޏެވެ.

"އެތާގައި ގަޑިއެއްހާއިރު މަޑުކޮށްފައި ނުކުމެގެންދިޔައިރު އުސައިދުގެ ވޮލަޓާއި ސްޓޫޑެންޓް ކާޑު ވަނީބޭއް ވިފައެވެ. ތިންވަނަ ދުވަހު އެމްބަސީ ހުޅުވުމާއެކު، އެތަނުގެ ކެމެރާތައް ބަލާ ޗެކްކުރިއިރު އެހިސާބުން އުސައިދު ސަލާމަތުން ހުރިކަން ވަނީ އެނގިފައެވެ." އޭނާގެ ބައްޕަ އިބްރާހީމް އަފީފް ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓުގައި ބުންޏެވެ.

ހައިކޮމިޝަނުން ފުލުހުން މެދުވެރިކޮށް ވޮލެޓާއި ސްޓޫޑެންޓް ކާޑު އާއިލާއާ ހަވާލުކޮށްފައިވާކަން އޭނާގެ ބައްޕަ ފާހަގަކޮށްފައި ވެއެވެ.

އޭނާގެ ބައްޕަ ވަނީ މިކަމާ ގުޅޭގޮތުން ގިނަބަޔަކު ސުވާލުކުރާތީ، އެކަން ސާފު ކޮށްދޭން ބޭނުންވާ ކަމަށް ބުނެފައެވެ. އަދި މިކަމުގައި އެންމެންގެ ފަރާތުން ލިބޭ އެއްބާރުލުމަށް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ.

"ހެޔޮ ހާލުގައި އުސައިދު ހުރިކަން ކެމެރާތަކުން ފެނެ އެވެ. ހުރީ ރަތްކުލައިގެ ޓީޝާޓެއް ލައިގެންނެވެ." އަފީފް ބުންޏެވެ.

މިދިޔަ އާދިއްތަ ދުވަހު އުސައިދު އެންމެ ފަހުން ފެނިފައިވާއިރު، ކެމެރާއިން ވެސް އޭނާ ފެނިފައިވަނީ ހަމަ އެ ދުވަހު އެވެ. އޭގެ ފަހުން އުސައިދުގެ މިހާތަނަށް އެއްވެސް މީހަކާ ބައްދަލުކޮށްފައެއް ނުވެ އެވެ. އަދި އޭނާގެ ވޮލެޓާއި ސްޓޫޑެންޓް ކާޑް އެމްބަސީގައި ބާއްވާފައި ދިޔަ ސަބަބެއް ވެސް ނޭނގެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު