ޚަބަރު
މަޑިފުށީގައި އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް، ތުހުމަތު ކުރެވޭ މީހާ މަރުވެއްޖެ
ތ. މަޑިފުށީގައި ރޭޕްގެ ތުހުމަތުވި ފިރިހެނަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނި ގޮތުގައި މަޑިފުށީގައި އަންހެނަކު ރޭޕް ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ރިޕޯޓްކުރީ އާދިއްތަ ދުވަހު އެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވޭ އުމުރުން 63 އަހަރުގެ ދިވެހި ފިރިހެން މީހާ މަރުވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެނގިފައިވާ ގޮތުގައި އެމީހާ މަރުވީ ރޭ ނޫން ކުރީރެއެވެ.

މި ހާދިސާއާ ގުޅިގެން އެރަށުގައި ދަނީ މުޒާހަރާ ކުރަމުންނެވެ. އެގޮތުން މިއަދު ހަވީރު ފެށި މުޒާހަރާ އަދިވެސް ހުއްޓާ ނުލައި ކުރިއަށްގެންދާކަމަށް މަޑިފުށިން "ސަން"އާ ވާހަކަ ދެއްކި މީހަކު ވަނީ ބުނެފައެވެ.

އެ ސަރަހައްދުގައި ފުލުހުން ވެސް ދަނީ ހަރަކާތްތެރި ވަމުންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު