ޚަބަރު
މައުލޫމާތު ހޯދަންކަމަށްބުނެ ޕީއެންސީގެ ނަމުގައި މެސެޖުތަކެއް ފޮނުވާ މައްސަލައެއް
"ޕާޓީގެ ބޭނުމަށް މައުލޫމާތު ހޯދަން" ކަމަށް ބުނެ ސައްހަ ނޫން މެސެޖްތަކެއް ދައުރު ކުރަމުންދާތީ ޕީއެންސީން އެކަން ކުށްވެރިކޮށްފި އެވެ.

ޕީއެންސީގެ ނަމުގައި އެކިއެކި ފަރާތްތަކުން "ޕާޓީގެ ބޭނުމަށް މައުލޫމާތު ހޯދުމަށް" ކަމަށް ބުނެ މެސެޖުތަކެއް ދައުރު ކުރަމުންދާކަން ޕާޓީގެ ސެކްރެޓަރީގެ ސަމާލުކަމަށް އެކިއެކި ފަހަރުމަތިން ގެނެސްފައިވާ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

ޕީއެންސީ އިން ބުނީ އެ ޕާޓީގެ ބޭނުމަށް ރަށްރަށުން މައުލޫމާތު ހޯދާނަމަ އެކަން ކުރާނީ ސީދާ ޕާޓީގެ ސްޓިއަރިން ކޮމިޓީތަކަށް ޕާޓީގެ މައި އިދާރާއިން ނުވަތަ ޕާޓީގެ ރަސްމީ ހައިސިއްޔަތެއް އޮތް ފަރާތަކުން ގުޅައިގެން ނުވަތަ އެކަމަށް ކަނޑައެޅިފައިވާ ޕާޓީގެ ރަސްމީ ޗެނެލްތައް މެދުވެރިކޮށް ކަމަށެވެ.

"މި ގޮތަށް ގުޅާ ގުޅުންތަކުގައިވެސް ބޭނުންކުރާނީ ޕާޓީގެ ނަމުގައި ހުންނަ ނަންބަރުތައް ކަންވެސް މިފުރުސަތުގައި ފާހަގަކުރަން،" ޕީއެންސީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ޕީއެންސީ އިން ބުނީ އެސްއެމްއެސްގެ ޒަރީއާއިން އެއްވެސް މައުލޫމާތެއް ހޯދަން ޕާޓީގެ ރަސްމީ އިދާރާއިން ނޭދޭނެ ކަމަށެވެެ.

މިހާތަނަށް ފާހަގަކުރެވިފައިވާ މިފަދަ މައްސަލަތައް ފުލުހުންނަށް ހުށަހަޅައިގެން ބަލަމުން ގެންދާނެ ކަމަށްވެސް ޕީއެންސީން ވަނީ ބުނެފަ އެވެ.

ޕީއެންސީން ވަނީ އެ ޕާޓީގެ ނަމުގައި ފޮނުވާ އެފަދަ މެސެޖުތަކަށް އިޖާބަނުދިނުމަށާއި އެފަދަ މެސެޖެއް ލިބިއްޖެނަމަ ޕާޓީގެ ރަސްމީ އިދާރާއަށް އެކަން އެންގުމަށް އެ ޕާޓީގެ މެންބަރުންނާއި އާންމު ރައްޔިތުންގެ ފަރާތުން އެދިފަ އެވެ.

ޕީއެންސީގެ ބަޔާނުގައި ވަނީ އެ ޕާޓީގެ ނަމުގައި ސައްހަ ނޫން މެސެޖުތައް ފޮނުވުމުގެ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް އެކަން ހުއްޓާލުމަށްވެސް ގޮވާލާފަ އެވެ.

ގުޅުންހުރި ލިޔުންތައް
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު