ކަނޑުމަގުން އެތެރެކުރަން އުޅުނު ތިން ކިލޯގެ ޑްރަގް އަތުލައިގެންފި
ހަސަން ހަލީމް
13 މާޗް 2025 - 15:30
0 comments
ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސްއިން މަސްތުވާތަކެތި -- ފޮޓޯ/ ކަސްޓަމްސް
ރާއްޖެއަށް ކަނޑުމަގުން އެތެރެކުރަން އުޅުނު 3.5 ކިލޯގެ ޑްރަގް ކަސްޓަމްސް އިން އަތުލައިގެންފި އެވެ.
ކަސްޓަމްސް އިން ބުނީ އެ މަސްތުވާތަކެތި އަތުލައިގަތީ އިއްޔެ ކަނޑުމަގުން ރާއްޖެއަށް އައި ޝިޕްމެންޓެއް ބަލައި ފާސްކުރުމުގެ ތެރެއިން ރޭ ފަތިހު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.އަތުލައިގަތް މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ 2،138 ގްރާމުގެ މެތަމްފެޓަމިން އާއި 1،086 ގްރާމުގެ ކެޓަމިން އާއި 310 ގްރާމުގެ ހެރޮއިން ކަމަށް ކަސްޓަމްސް އިން ބުންޏެެވެ.ކަސްޓަމްސް އިން ބުނި ގޮތުގައި އެތަކެތީގެ ޖުމްލަ ބަރުދަން 3.5 ކިލޯއަށް އަރަ އެވެ. މި ތަކެތީގެ މަގުމަތީ އަގު، ގާތްގަނޑަކަށް 6.7 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް، އެ މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ވެސް ކަސްޓަމްސްއިން ބުންޏެވެ.ކަސްޓަމަސްއިން ބުނީ، މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ޓަކައި އެ މަސްތުވާތަކެތި ފުލުހުންގެ ޚިދުމަތާ ހަވާލުކޮށްފައިވާ ކަމަށެވެ.މި މަހުގެ ފަސްވަނަ ދުވަހު އިންޑިއާ ކަނޑުން ރާއްޖެ އެތެރެކުރަން އުޅުނު 59 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ވަނީ އިންޑިއާ ކޯސްޓްގާޑުން އަތުލައިގެންފައެވެ.މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖޭގައި ދިމާވެފައިވާ އެންމެ ބޮޑު އިޖުތިމާއީ މައްސަލައެވެ. އެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.
ކިޔުންތެރިންގެ ޝުއޫރު