ޚަބަރު
ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނައި އެއް ކިލޯގެ ޑްރަގު އަތުލައިގެންފި
ޕޯސްޓް މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި އެވެ.

މި ތަކެތި އަތުލައިގެންފައި ވަނީ، ކަސްޓަމްސްއިން މިއަދު ބުނި ގޮތުގައި، ޕޯސްޓު މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަލައި ފާސްކުރަމުންދިޔައިރު، އޭގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރި ކަމަށް ޝައްކުކުރެވިގެން، އިތުރަށް ބެލުމުންނެވެ. 

ޕެކޭޖުގައި ހުރި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލުކުރިއިރު ކެނަބިސްއަށް ވަނީ ޕޮޒިޓިވް ވެފަ އެވެ.

މި ތަކެތީގެ ބަރުދަނުގައި ޕެކިނާއިއެކު ޖުމްލަ 1.070 ކިލޯގްރާމް ހުރިއިރު މިތަކެތީގެ މަގުމަތީ އަގަކީ 856,000 ރުފިޔާ ކަމަށް ލަފާކުރެވޭ ކަމަށްވެސް ކަސްޓަމްސް އިން ބުންޏެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށްޓަކައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޕެކޭޖާއި އެ ތަކެތި ބަލައި ކަސްޓަމްސްއަށް ދިޔަ 52 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށްވެސް ކަސްޓަމްސް އިން ބުންޏެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު