ޚަބަރު
ރާއްޖެ އެތެރެކުރަން އުޅުނު 58 މިލިއަން ރުފިޔާގެ ޑުރަގްސް އަތުލައިގެންފި
ރާއްޖެ އެތެރެކުރަން އުޅެނިކޮށް އިންޑިއާގެ ކޯސްޓް ގާޑުން އަތުލައިގަތް މަސްތުވާތަކެތި.
އިންޑިއާއިން ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 58 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އިންޑިއާގެ ކޯސްޓްގާޑުން އަތުލައިގެންފި އެވެ.

އިންޑިއާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައި ވާގޮތުން، އެ އުޅަނދުން 30 ކިލޯގެ ހަޝިޝް އޮއިލް ވަނީ ފެނިފަ އެވެ.

ކަމާ ބެހޭ ފަރާތްތަކާ ހަވާލާދީ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި އަތުލައިގަތީ ބަރުދަނުގައި 30 ކިލޯ ހުރި ހެޝިޝް އޮއިލްގެ ޝިޕްމަންޓެކެވެ. އެ ތަކެތީގެ މަގުމަތީ އަގު 3.8 މިލިއަން ޑޮލަރު (58.5 މިލިއަން ރުފިޔާ)އަށް އަރަ އެވެ.

އިންޑިއާގެ ނޫސްތަކުން ހިއްސާކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި މަސްތުވާތަކެތި ބަންދުކޮށްފައި ހުރީ ލުއި ކާނާ ބަންދުކުރާ ޕެކެޓުތަކެއްގައެވެ.

މި ބޯޓު ޓުޓިކޮރިން ބަނދަރަށް ގެންގޮސްފައިވާއިރު، މަސްތުވާތަކެއްޗާއެކު 9 މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ރިޕޯޓްތަކުން ވަނީ ބުނެފައެވެ. ނަމަވެސް ހައްޔަރު ކޮށްފައިވާ މީހުންގެ ވަނަވަރެއް ހާމަކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު