ޖޭއެސްސީގެ އަޑުއެހުންތައް އާންމުކޮށް ހުޅުވާނުލަން ނިންމައިފި
މަރިޔަމް އަނާ
09 މާޗް 2025 - 16:29
0 comments
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އޮފީސް - ފޮޓޯ: އަވަސް
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުއާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ މައްސަލައާ ގުޅިގެން ބާއްވާ އަޑުއެހުންތައް އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދަން އޭނާގެ ފަރާތުން އެދިވަޑައިގަތަސް، އެކަން ނުކުރަން އެ ކޮމިޝަނުން ނިންމައިފި އެވެ.
ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން، އައިޖީއެމްއެޗުގެ ޑޮކްޓަރު އިސްމާއީލް ލަތީފް ބަންދު ނުކުރުމަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަ ޖޭއެސްސީން ބަލަމުންދާއިރު، އެ މައްސަލައިގައި ފަނޑިޔާރު އަޒްމިރަލްދާ ޖޭއެސްސީއަށް ހާޒިރުވާން އަންގާފައި އޮތީ މާދަމާ އެވެ. އަދި އެ އަޑުއެހުންތައް ހުޅުވާލައިގެން ބޭއްވުމަށް ފަނޑިޔާރު އަޒްމިރަލްދާގެ ފަރާތުން ވަނީ އެދިފައެ ވެ.ނަމަވެސް މިއަދު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައި ވަނީ އެ އަޑުއެހުން އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ނުގެންދަން ނިންމާފަ އެވެ.މީގެކުރިން ވެސް ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނާ ގުޅޭ ގޮތުން ޖޭއެސްސީން ބެލި މައްސަލަތަކުގެ އަޑުއެހުންތައް ހުޅުވާލައިގެން ކުރިއަށް ގެންގޮސްފައިވެ އެވެ.ޖޭއެސްސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން މަހާޒް އާއި އަޒްމިރަލްދާ އަދި ހުސްނުއްސުއޫދު ސަސްޕެންޑު ކުރީ މިދިޔަ މަހުގެ 26ވަނަ ދުވަހުއެވެ. ނަމަވެސް ހުސްނުއްސުއޫދު ވަނީ މިދިޔަ އަންގާރަ ދުވަހު މަގާމުން އިސްތިއުފާ ދެއްވާފައެވެ.އަޒްމިރަލްދާގެ މައްޗަށް ވެސް ތުހުމަތު ކުރަނީ އޭނާގެ ފިރިމީހާގެ ޝަރީއަތަށް ނުފޫޒު ފޯރުވުމުގެ ތުހުމަތެވެ. ނަމަވެސް، އަޒްމިރަލްދާގެ ލޯޔަރުންގެ ފަރާތުން ނެރުނު ބަޔާނެއްގައި ވަނީ އެ ތުހުމަތުތަކަށް އިންކާރު ކޮށްފައެވެ.
ކިޔުންތެރިންގެ ޝުއޫރު