ހޯރަފުށީގެ ތަރައްގީ ނުފެށި އަހަރު ދެ އަހަރުވީމާ ފިޔަން ޖަހަން ކައުންސިލް ކައުންސިލް ނުކިއުއްވާ: ވަހީދު
އަހުމަދު ނިހާން
13 މާޗް 2025 - 14:28
0 comments
ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު - ފޮޓޯ: ހޯރަފުށީ ކައުންސިލް އިދާރާ
މި ސަރުކާރު ވެރިކަމަށް ހޮވުނު ފަހުން ހޯރަފުށީގެ ތަރައްގީ ނުފެށި އަހަރު ދެ އަހަރުވީމާ ފިޔަން ޖަހަން ކައުންސިލް ކައުންސިލް ނުކިއުއްވުމަށް ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު އިލްތިމާސް ކުރައްވައިފި އެވެ.
ވަހީދު އޭނާގެ ޝޯޝަލް މީޑިއާގެ އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އުއްމީދީ ބަދަލު ނާ އުއްމީދަށް ވެއްޖެ ކަމަށާއި ތަރައްގީގެ މަޝްރޫއުތައް ނުފެށި އަހަރު ދެ އަހަރުވީމާ ފިޔަން ޖަހަން "ކައުންސިލް ކައުންސިލް" ނުކިއުއްވުމަށް އެދޭ ކަމަށެވެ."ޖަވާބުދާރިީ ނުވާ އެއްވެސް ސިޓީއެއް ނޯންނާނެ." ވަހީދު ވިދާޅުވި އެވެ.ވަހީދު މިހެން ވިދާޅުވީ މިސަރުކާރުން ހޯރަފުށީގެ ތަރަށްގީއަށް ކަންކަން ކުރަން މައުލޫމާތު ހޯދަން ސަރުކާރުގެ ބައެއް އޮފީސްތަކުން ފޮނުވާ ސިޓީތަކަށް ކައުންސިލުން ޖަވާބުނުދީ ލަސްކުުރާ ކަމަށް މީހަކު ކުރި ތުހުމަތަކާއި ގުޅިގެން ނެވެ.ފާއިތުވި ސަރުކާރުތަކުން ހޯރަފުށީގެ ތަރައްގީއަށް ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދިޔަ ނަމަވެސް މިފަހުން ހޯރަފުށީގެ ތަރައްގީގެ ދުވެލި މަޑުވެއްޖެ ކަމުގެ އަޑު ވަނީ ގަދަވެފަ އެވެ. ހއ. ހޯރަފުށި އުތުރު ފަރާތު ބީޗް އާދަޔާ ހިލާފަށް ގިރަމުން ދާތީ އެކަމަށް ދާއިމީ އަވަސް ހައްލެއް ބޭނުންވާ ކަމަށް އެ ރަށު ރައްޔިތުން ވެސް މިފަހުން ވަނީ ބުނެފަ އެވެ.އަދި މި ސަރުކާރު ވެރިކަމާއި ހަވާލުވި ފަހުން ހއ. ހޯރަފުށީގެ ތަރައްގީ ހުއްޓިފައިވާ ކަމަށް ވިދާޅުވެ، އެ ރަށު ކައުންސިލަރެއްގެ ކަންބޮޑުވުން ވެސް މިފަހުން ވަނީ ޝޯޝަލް މީޑިއާގައި ބަންޑުންކޮށްލައިފަ އެވެ.
ކިޔުންތެރިންގެ ޝުއޫރު