ފަސްޓް ނޭޝަނަލް ފައިނޭންޝަލް ކޯޕަރޭޝަންގެ ސީސީއޯއަކަށް ވިސާމް އައްޔަނުކޮށްފި
ހަސަން ހަލީމް
18 މާޗް 2025 - 14:16
0 comments

ފަސްޓް ނޭޝަނަލް ފައިނޭންސް ކޯޕަރޭޝަންގެ ޗީފް ކޮމާޝަލް އޮފިސަރު (ސީސީއެފް)ގެ މަގާމަށް ކުރީގެ ރަޖިސްޓްރާ އޮފް ކޮމްޕެނީޒް މަރިޔަމް ވިސާމް ހަމަޖައްސައިފި އެވެ.
ފަސްޓް ނޭޝަނަލް ފައިނޭންސް ކޯޕަރޭޝަންއަކީ ކުރީގެ އޮޑިޓާ ޖެނެރަލް ޙަސަން ޒިޔަތު އިސްކޮށް ހުންނަވައި 2021 ވަނަ އަހަރު އުފެއްދެވި މާލީ ޚިދުމަތްދޭ އަމިއްލަ ވިޔަފާރިއެކެވެ. ފަސްޓް ނޭޝަނަލްއިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި ބޮންޑާއި ސުކޫކު އަދި ސްޓޮކް އިޝޫ ކުރުމަށް ކުންފުނިތަކަށް އެހީވުމާއި ފަންޑު މެނޭޖްމަންޓް އަދި އިންވެސްޓްމަންޓް އެޑްވައިޒަރީއާއި ވެލްތު މެނޭޖްކުރުން ހިމެނެއެވެ.ޗީފް ކޮމާޝަލް އޮފިސާގެ ހައިސިއްޔަތުން ވިސާމު އެ ކުންފުނީގެ ވިޔަފާރިއާ ގުޅޭ ސްޓްރެޓެޖީތައް އެކުލަވައިލާ ތަރައްގީކުރާނެ އެވެ. އަދި އެ ކުންފުނީގެ ޕްރޮޑަކްޓް ޑިވަލޮޕްމެންޓް މަސައްކަތްތައް ބަލަހައްޓައި ސޭލްސް އާއި މާކެޓިން މަސައްކަތްތައް ބަލަހައްޓާނެ އެވެ.އެގާރަ އަހަރު ހިދުމަތް ކުރެއްވުމަށް ފަހު، ވިސާމް ރަޖިސްޓް އޮފް ކޮމްޕެނީސްގެ މަގާމުން އިސްތިއުފާ ދެއްވީ މި މަހުގެ އެއްވަނަ ދުވަހެވެ.ވިސާމް ވަނީ އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ކްއީންސްލެންޑުން ބިޒްނަސް އިކޮނޮމިކްސްގެ ދާއިރާއިން މާސްޓާޒް ޑިގްރީ ހާސިލު ކުރައްވާފަ އެވެ. ވިސާމް ބެޗެލާޒް ޑިގްރީ ހާސިލު ކުރެއްވީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ނޮދަންބްރިއާއިން މާކެޓިން މެނޭޖްމަންޓުގެ ދާއިރާއިންނެވެ.
ވިސާމް ވަނީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ޑިރެކްޓާ ޖެނެރަލް މަގާމުވެސް އަދާކުރައްވާފަ އެވެ. އަދި އޭނާއަކީ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ ބޯޑު މެންބަރެކެވެ.
ކިޔުންތެރިންގެ ޝުއޫރު