އޯގާތެރިވުމުގައި ދިވެހިންނަކީ ލާމަސީލު ނަމޫނާއެއް: ރައީސް
ހަސަން ހަލީމް
21 މާޗް 2025 - 14:25
0 comments
ރައީސް ރ. ވާދޫއަށް ވަޑައިގަތުމުން އެރަށު ރައްޔިތުން މަރުހަބާ ދަންނަވަނީ --- ފޮޓޯ/ރައީސް އޮފީސް
އޯގާތެރިކަމާއި އެހީތެރިކަމުގައި ދިވެހީންނަކީ ލާމަސީލު ނަމޫނާއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަހާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ.ރައީސުލްޖުމްހޫރިއްޔާ މުޢިއްޒު ވިދާޅުވީ އޯގާތެރިކަމާއި އެހީތެރިކަމުގައި ދިވެހީންނަކީ ލާމަސީލު ނަމޫނާއެއްކަމަށެވެ. އަދި މުޖުތަމަޢުގެ ޚާއްޞަ އަޅައިލުމާ ލޯބި ބޭނުންވާ ހަމަ ކޮންމެ ކުއްޖަކާއި ޢާއިލާއަކަށް ހޭހަންކޮށްދިނުމުގައިވެސް ސަރުކާރާއި ރައްޔިތުން މަސައްކަތްކުރާނީ އަތުގުޅާލައިގެންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.ކޮންމެ އަހަރެއްގެ މާޗްމަހުގެ 21 ވަނަ ދުވަހަކީ ޑައުންސިންޑްރޯމް ހުންނަ ކުދިންނާ މެދު މުޖުތަމަޢު ހޭލުންތެރިކުރުވައި އެފަދަ ކުދިންނަކީ ވެސް މުޖުތަމަޢުގައި މުހިންމު ބައެއްކަން ބުނެދިނުމުގެ ގޮތުން ބައިނަލްއަޤުވާމި ގޮތުން ފާހަގަކުރާ ދުވަހެކެވެ.މުޅި ދުނިޔޭގައި ވެސް މި ދުވަސް ކުލަގަދަކޮށް ފާހަގަކުރާއިރު، މިއަހަރަށް ކަނޑައެޅިފައިވާ ޝިއާރަކީ "އިމްޕްރޫވް އަވާ ސަޕޯޓް ސިސްޓަމް" މި ޝިއާރެވެ.
ކިޔުންތެރިންގެ ޝުއޫރު