ޚަބަރު
ފީނައިގެން ދުނިޔޭގެ ރެކޯޑެއް ހަދަން ބ. އަތޮޅު ކައުންސިލުން ތައްޔާރުވަނީ
ދުނިޔޭގެ ޓޫރިޒަމް ދުވަސް ފާހަގަކުރުމަށް ބ. އަތޮޅުގައި ފީނައިގެން ދުނިޔޭގެ ރެކޯޑެއް ހެދުމަށް އެ އަތޮޅު ކައުންސިލުން ފްރީޑައިވް މޯލްޑިވްސްއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި ރިކޯޑް ހެދުމަށް މަސައްކަތް ކުރަނީ ބ. އަތޮޅު އަނގަފަރު ސަރަަހައްދަށް އެއް ފަހަރާ ހާހަކަށް ވުރެ ގިނަ މީހުން ޖަމާވެ، ފީނައިގެންނެވެ.

ދުނިޔޭގެ ޓޫރިޒަމް ދުވަހާ ގުޅުވައިގެން "ބާނި"ގެ ނަމުގައި މި ހަރަކާތް ކުރިއަށް ގެންދިއުމަށްޓަކައި ބ. އަތޮޅު ކައުންސިލުން މިހާރު ވަނީ ފްރީޑައިވް މޯލްޑިވްސްއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ބ. އަތޮޅުގެ ރައްޔިތުންނާއި އެ އަތޮޅުގައި ހިންގާ ރިސޯޓުތަކަށް ދިނުމާއެކު ޝައުގުވެރިވާ އެހެން ފަރާތްކަށްވެސް އެ ފުރުސަތު ދިނުމަށް ނިންމާފައިވެ އެވެ.

ބ. އަތޮޅު ކައުންސިލުން ބުނި ގޮތުގައި މި ހަރަކާތުގެ ބޭނުމަކީ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ދުނިޔޭގެ ސަމާލުކަމަށް ގެނައުމާ އެކު ބ. އަތޮޅަކީ ޝައުގުވެރި އެތައް ކަމެއް ހުރި އަތޮޅެއްގެ ގޮތުގައި އިޝްތިހާރު ކުރުމެވެ.

ބ. އަތޮޅު، ބަޔޮސްފިއާ ރިޒާވްއަކީ އެ ހަރަކާތުގެ ޕާޓްނަރަކަށް ހެދުމަށް އެއްބަސްވުމުގައި ސޮއި ކުރަން ހަމަޖެހިފައިވެ އެވެ.


 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު