ޚަބަރު
ވައުދުވި ގޮތަށް ހޯރަފުށީގެ ބިން ހިއްކަން ފެށޭނެ ދުވަހެއް ސާފެއް ނޫން..!
ހޯރަފުށި - ފޮޓޯ: އަހުމަދު ނަބީލް
ވެރިކަމަށް އިންތިހާބުކޮށްފި ނަމަ ހއ. ހޯރަފުށީގެ ބިން ހިއްކައި، ސިއްހީ ފަރުވާ ރަނގަޅުކޮށްދިނުމަށް، ކުރިން އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވީ 14 އޯގަސްޓް 2023 ގައި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް، ރާއްޖޭގެ އުތުރަށް ކުރެއްވި ދަތުރުގެ ތެރެއިން، ހޯރަފުށީގައި ބޭއްވި ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ އެހެން ރަށްރަށެކޭ އެއްގޮތަށް ހޯރަފުއްޓަށް ބޭނުންވާ ކަންކަން ވެސް އެބަހުރި ކަމަށެވެ. އެގޮތުން، ގެދޮރުވެރިކަމާއި ވަޒީފާގެ ފުރުސަތުތައް އަދި ރަނގަޅު ސިއްހީ ފަރުވާ ލިބޭނެ ގޮތްތައް ހަމަޖައްސަން ޖެހޭ ކަމަށް ވިދާޅުވި އެވެ،

ރައްޔިތުން ބޭނުންވާ ކަންކަން ހާސިލްކޮށްދިނުމުގައި ތަފާތުކޮށްގެން ނުވާނެ ކަމަށް ވެސް ޑރ. މުއިއްޒު އެދުވަހު ވިދާޅުވި އެވެ.

"މި ރަށުގައި ބޭނުންވާ ކަންކަމާއި އެހެން ރަށްރަށުގެ މީހުންނަށް ވެސް ބޭނުންވާ ކަންތައްތައް އެބަހުރި. ގެދޮރުވެރިކަމާއި ވަޒީފާގެ ފުރުސަތުތައް... ހައުސިން ޕްރޮޖެކްޓުތައް ހިންގުމަށް އެކަށީގެންވާ ބިމެއް ނެތް. ތަރައްގީއަށްޓަކައި ބިން ހިއްކައިދޭނަން. އެ ބިމުގައި ހައުސިން ޔުނިޓު އެޅުމާއި ގިނަ މަޝްރޫއުތައް ހިންގޭނެ." މުއިއްޒު ވިދާޅުވި އެވެ.



މިފަހުން ރައީސް ޑރ. މުއިއްޒު ހޯރަފުއްޓަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ މި ސަރުކާރުގެ ފަސް އަހަރު ނިމިގެންދާއިރު ހޯރަފުށީގެ ސިއްހީ ހިދުމަތް ރަނގަޅުކުރުމަށް މަސައްކަތުގެ އިތުރުން ކުނި މެނޭޖްކުރެވޭނެ ރަނގަޅު ނިޒާމަކާއި ބިކަވެގެންދާ ޒުވާނުން ބާރުވެރިކުރުމަށް ކުޅިވަރު ކުޅެވޭނެ ވަސީލަތްތައް ގާއިމްކޮށްދޭނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ. 


މިފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ހއ. އަތޮޅަށް ކުރެއްވި ދަތުރުގައި އެ އަތޮޅުގެ ބައެއް ރަށްތަކަށް އުފާވެރިކަމާއި އުންމީދު އާވެގެން ދިޔަ ނަމަވެސް ހޯރަފުށީގެ ރައްޔިތުންނަށް ލިބިގެން ދިޔައީ މާޔޫސްކަން ކަމަށް އެ ރަށުގެ ކައުންސިލުން ވެސް ވަނީ ބުނެފަ އެވެ. 

އިދިކޮޅު އެމްޑީޕީގެ ފުލް މެޖޯރިޓީ އޮތް ހޯރަފުށީ ކައުންސިލުން ނެރުނު ބަޔާނެއްގައި ވަނީ އެރަށުގެ ރައްޔިތުން އެންމެ އެދޭ ހިދުމަތްތަކާއި، އެންމެ ބޭނުންވާ ކަންކަން ފެށިގެން ދާނެކަމުގެ އުންމީދުގައި ތިބި ނަމަވެސް ރައީސް އެރަށް ވަޑައިގެން ދެއްކެވި ވާހަކައިގައި އެކަންކަން ފުރިހަމަ ގޮތެއްގައި ފާހަގަ ކުރައްވާފައި ނުވުމުން، ތަރައްގީގެ ރޭހުގައި ހއ. އަތޮޅުގެ ވާދަވެރި ރަށްތަކަށް އުފާވެރިކަމާއި އުންމީދު އާވެގެން ދިޔަ ނަމަވެސް ހޯރަފުށީގެ ރައްޔިތުންނަށް ލިބިގެން ދިޔައީ މާޔޫސް ކަމެއް ކަމެވެ. 


މި ސަރުކާރުގެ ފަސް އަހަރު ނިމެން ދާއިރު ހޯރަފުށީ ދާއިރާގެ އުމްރާނީ ތަރައްގީގެ ކުރިމަގާއިމެދު ޖަވާބު ބޭނުން ގިނަ ސުވާލުތަކެއް މިހާރު ވަނީ އުފެދިފަ އެވެ. ހާއްސަކޮށް "ހޯރަފުށީ ދާއިރާގައި އިގްތިޞާދީ ހަރަކާތްތައް ހުއްޓި، ވަޒީފާގެ ފުރުސަތު ބަންދުވެފައި..! އޮތުމުން ނެވެ. 

އަދި އެއް ވާހަކަ އެވެ.

މުޅި ހޯރަފުށީ ދާއިރާގެ ރައްޔިތުން ހާއްސަކޮށް ޒުވާނުންގެ މިއަދުގެ ގޮވާލުމަކީ ސިޔާސީ ބޮޑުންގެ ގޭ ދޮށުގައި މުގޯލި އަޅަން ނުޖެހި "ވަޒީފާގެ ފުރުސަތު" ރަށުން ތަނަވަސް ކޮށްދިނުމެވެ. 

ކިޔުންތެރިންގެ ޝުއޫރު
50%
0%
50%
0%
3 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު