އެމްޕީއަށް ރަށުގެ ތަރައްގީއަށް ކަމެއް ނުކޮށްދެވުމަކީ ކައުންސިލްގެ މައްސަލައެއް ނޫން: އިމްދާހު
އެމްޕީއަށް ސަރުކާރާއި ގުޅިގެން ރަށުގެ ތަރައްގީއަށް ކަމެއް ނުކޮށްދެވުމަކީ ކައުންސިލްގެ މައްސަލައެއް ނޫން ކަމަށް ހޯރަފުށީ ކައުންސިލްގެ ނައިބު ރައީސް އަހުމަދު އިމްދާހު ވިދާޅުވެއްޖެ އެވެ.
ޝޯޝަލް މީޑިއާގެ އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި އިމްދާހު ވަނީ ކަމެއް ނުވާތާގައި ކައުންސިލުން ކުރަމުންގެންދާ މަސައްކަތްތައް ހުރަސް ނޭޅުމަށް އެދިފަ އެވެ.
އިމްދާހު މިހެން ވިދާޅުވިއިރު ހޯރަފުށިން ދި ހޯކްސް އަށް ތެލުގެ ވިޔަފާރި ކުރުމަށް ކައުންސިލުން ދޫކޮށްފައިވާ ބިމުގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އެ ކައުންސިލަށް އެންގިކަން "ހޯރަ" އަށް ވަނީ ކަށަވަރުވެފަ އެވެ. ފާއިތުވި ސަރުކާރުތަކުން ހޯރަފުށީގެ ތަރައްގީއަށް ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދިޔަ ނަމަވެސް މިފަހުން ހޯރަފުށީގެ ތަރައްގީގެ ދުވެލި މަޑުވެއްޖެ ކަމުގެ އަޑު ވަނީ ގަދަވެފަ އެވެ. މިފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ހއ. އަތޮޅަށް ކުރެއްވި ދަތުރުގައި އެ އަތޮޅުގެ ބައެއް ރަށްތަކަށް އުފާވެރިކަމާއި އުންމީދު އާވެގެން ދިޔަ ނަމަވެސް ހޯރަފުށީގެ ރައްޔިތުންނަށް ލިބިގެން ދިޔައީ މާޔޫސްކަން ކަމަށް އެ ރަށުގެ ކައުންސިލުން ވެސް ވަނީ ބުނެފަ އެވެ. އެގޮތުން އިދިކޮޅު އެމްޑީޕީގެ ފުލް މެޖޯރިޓީ އޮތް ހޯރަފުށީ ކައުންސިލުން ނެރުނު ބަޔާނެއްގައި ވަނީ އެރަށުގެ ރައްޔިތުން އެންމެ އެދޭ ހިދުމަތްތަކާއި، އެންމެ ބޭނުންވާ ކަންކަން ފެށިގެން ދާނެކަމުގެ އުންމީދުގައި ތިބި ނަމަވެސް ރައީސް އެރަށް ވަޑައިގެން ދެއްކެވި ވާހަކައިގައި އެކަންކަން ފުރިހަމަ ގޮތެއްގައި ފާހަގަ ކުރައްވާފައި ނުވުމުން، ތަރައްގީގެ ރޭހުގައި ހއ. އަތޮޅުގެ ވާދަވެރި ރަށްތަކަށް އުފާވެރިކަމާއި އުންމީދު އާވެގެން ދިޔަ ނަމަވެސް ހޯރަފުށީގެ ރައްޔިތުންނަށް ލިބިގެން ދިޔައީ މާޔޫސް ކަމެއް ކަމެވެ. "ހޯރަފުށީ ކައުންސިލާއި އިދާރާތަކުން އަދި ރައްޔިތުން ހުށަހަޅާފައިވާ އެންމެ އެދޭ، އެންމެ ބޭނުންވާ ކަންކަމަށް ބައްދަލަވައި އެކަންކަން ފައްޓަވައިދެއްވުމަށް އިއްޒަތްތެރި ރައީސަށް އަދަބުވެރިކަމާއެކު ދަންނަވަމެވެ،" ބަޔާނުގައިވެ އެވެ.ޖެނުއަރީ 29، 2025 ގައި ރައީސް މުއިއްޒު ހޯރަފުށްޓަށް ކުރެއްވި ދަތުރުގައި، ކައުންސިލާއި މުއައްސަސާތަކުން ހުށަހެޅި ކަންކަން ހިއްސާ ކުރުމަށް ރައްޔިތުން ތަކުރާރުކޮށް އެދޭ ކަމަށް ބުނެ، އެ ކަންކަން ކަންކަން ބަޔާނުގައިވެ އެވެ. އިތުރަށް ކިޔާލަން: ހޯރަފުށީ ރައްޔިތުން އެންމެ ބޭނުންވެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އެދުނު ހިދުމަތްތަކަކީ ކޮބާ..؟