ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ހަތަރު ރަށެއްގައި އެކްސްރޭގެ ހިދުމަތް ފަށަނީ، ލިސްޓުގައި ހޯރަފުށި ނެތް..!
އަހުމަދު ނިހާން
20 މާޗް 2025 - 13:20
1
comments
Tweet
Telegram
ހަތަރު ރަށެއްގައި މުޅިން އަލަށް އެކްސްރޭ ހިދުމަތް ފަށަން ހެލްތް މިނިސްޓްރީން ނިންމައިފި އެވެ.
އެކްސްރޭގެ ހިދުމަތް ފެށުމަށް ނިންމާފައިވަނީ ނ. ހޮޅުދޫ އާއި އެއަތޮޅު ވެލިދޫގެ އިތުރުން ށ. މިލަންދޫ، އަދި އދ. މާމިގިލީގަ އެވެ.
މި ރަށްތަކުގައި ހިދުމަތް ފެށުމަށް ނިންމާފައިވާއިރު، އިދާރީ އެންމެހާ މަސައްކަތް ނިންމާ، އަންނަ މަހު އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ހެލްތް މިނިސްޓްރީން ބުންނެވެ. އެގޮތުން ހިދުމަތް ދިނުމަށްޓަކައި އިމާރާތަށް ގެންނަންޖެހޭ ބަދަލުތަކާއި، މެޝިން އިންސްޓޯލް ކުރުން ފަދަ ކަންތައްތައް ކުރުން ހިމެނެ އެވެ.
އަތޮޅު ހޮސްޕިޓަލްތަކާއި ރީޖަނަލް ހޮސްޕިޓަލްތައް އަދި ސިއްހީ މަރުކަޒުތައް ތަރައްގީކޮށް މާލެއަށް ބޭސްފަރުވާ ހޯދަން ދަތުރުކުރަންޖެހުން މަދުކުރުމަކީ ސަރުކާރުގެ ތަސައްވުރެކެވެ.
މިފަހުން ރައީސް ޑރ. މުއިއްޒު ހޯރަފުއްޓަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ މި ސަރުކާރުގެ ފަސް އަހަރު ނިމިގެންދާއިރު ހޯރަފުށީގެ ސިއްހީ ހިދުމަތް ރަނގަޅުކުރުމަށް މަސައްކަތެއް ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.
ނަމަވެސް އެކަމުގެ އަމަލީ މަސައްކަތް ނުފެށި ހޯރަފުށީގެ ސިއްހީ ހިދުމަތް އެއް ދުވަހުން އަނެއް ދުވަހަށް ދަށް ވަމުން އަންނާތީވެ އެކަމުގެ ކަންބޮޑުވުން އެރަށުގެ ރައްޔިތުން އަންނަނީ ފާޅުކުރަމުން ނެވެ.
އިތުރަށް ކިޔާލަން:
ހޯރަފުށީ ރައްޔިތުން އެންމެ ބޭނުންވެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އެދުނު ހިދުމަތްތަކަކީ ކޮބާ..؟
ހޯރަފުށީގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގެ ތެރެއިން ރައީސް ވަނީ އެ މަނިކުފާނު ރައްޔިތުންނަށް ވެވަޑައިގަތް ކޮންމެ ވައުދެއް ވެސް ފުއްދަވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
4 ގަޑިއިރު ކުރިން
3
ރަށްރަށުގައި ހިންގުމަށް ސަރުކާރުން އިއުލާނުކުރި ބޮޑެތި މަޝްރޫއުތައް ހިމެނޭ ލިސްޓްގައި ހޯރަފުށި ދާއިރާ ނެތް.!
1 ދުވަސް ކުރިން
1
އާ މަޝްރޫއެއް ނުފެށި ދިއުމަކީ ކައުންސިލްގެ މަސައްކަތަށް ހުރަސް އަޅަންޖެހޭ ސަބަބެއް ނޫން: ވަހީދު
2 ދުވަސް ކުރިން
0
އެމްޕީއަށް ރަށުގެ ތަރައްގީއަށް ކަމެއް ނުކޮށްދެވުމަކީ ކައުންސިލްގެ މައްސަލައެއް ނޫން: އިމްދާހު
2 ދުވަސް ކުރިން
3
ވައުދުވި ގޮތަށް ހޯރަފުށީގެ ބިން ހިއްކަން ފެށޭނެ ދުވަހެއް ސާފެއް ނޫން..!
ކިޔުންތެރިންގެ ޝުއޫރު
67%
33%
0%
0%
ފޮނުވާ
1 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ދިވެހި ޑިވެލޮޕްމެންޓް ބޭންކުގެ ސީއީއޯ އިސްތިއުފާ ދެއްވައިފި
25 މިނެޓް ކުރިން
0
މަމްސް އެއިޑުގެ ބެކް ޓު ސްކޫލް ކެމްޕެއިނަށް ދިރާގު އެހީ
1 ގަޑިއިރު ކުރިން
0
ޝަމްއާންގެ އަންހެނުންގެ ފޯނު ހިފަހައްޓައި ދެ މީހަކު ފުރުން މަަނާކޮށްފި
2 ގަޑިއިރު ކުރިން
0
ރައީސް ތެލެސީމިއާ ސެންޓަރުގެ ހާލަތު ބައްލަވަން ވަޑައިގެންފި
4 ގަޑިއިރު ކުރިން
0