އިލެކްޓްރިކް ސައިކަލުތަކެއް ސްޓެލްކޯއިން ގެންނަނީ
އަހުމަދު ނިހާން
18 މާޗް 2025 - 23:38
0 comments
ރާއްޖޭގައި އިލެކްޓްރިކް އުޅަނދު ޗާޖު ކުރެވޭނެ ނިޒާމު ސްޓެލްކޯއިން ވަނީ ގާއިމްކޮށްފައި ---ޕޮޓޯ/ހުސައި
އިލެކްޓްރިކް އުޅަނދުގެ ބެޓެރި ޗާޖު ކުރެވޭ ސިސްޓަމެއް ގާއިމްކުރުމަށް ބޭނުންވާ ސާމާނާ އެކު އިލެކްޓްރިކް ސައިކަލުތަކެއް ސްޓެލްކޯއިން ގެނެސްފި އެވެ.
ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ހަކަތައިގެ ސިނާއަތަށް ކަނޑައަޅުއްވާފައިވާ ތިމާވެއްޓާ ރައްޓެހި ހަރުދަނާ ސިޔާސަތުތައް، އޭގެ އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކުރުމަށް އެހީތެރިވެދިނުމަށް، އެނާޖީ މެނޭޖްމަންޓް ސިސްޓަމް ރާއްޖެއަށް ތައާރަފުކޮށް، އިލެކްޓްރިކް އުޅަނދު ޗާޖު ކުރެވޭނެ ނިޒާމެއް މިހާރު ވަނީ ގާއިމްކޮށްދެއްވާފައިވާ ކަމަށެވެ.ފަހުމީ ވިދާޅުވީ ރާއްޖެއަށް ގެނެސްފައިވާ އެޑްވާންސްޑް ބެޓްރީ މެނޭޖްމަންޓް ސިސްޓަމަކީ ޓައިވާނުގެ މަޝްހޫރު ގޮގޯ ބްރޭންޑްގެ ނިޒާމެއް ކަމަށެވެ. އަދި އެ ނިޒާމު ފަސޭހައިން ރައްޔިތުންނަށް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.އެނާޖީ މެނޭޖްމަންޓް ސިސްޓަމާއި އީވީ ޗާޖިން ސްޓޭޝަނަށް ބޭނުންވާ ހަކަތަ ފޯރުކޮށްދޭނީ ވެސް، ފަހުމީ ވިދާޅުވި ގޮތުގައި، ތިމާވެއްޓާ ރައްޓެހި ނިޒާމުތަކުގެ ތެރެއިންނެވެ."މިއީ ސަރުކާރުން އަމާޒުހިފާފައިވާ %33 އަށް ވާސިލްވުމަށާއި، ތަރައްގީއާއި ތަހުޒީބުގެ މަގުގައި ރާއްޖެއިން ކުރިއަށް އަޅާނެ އިތުރު ފިޔަވަޅެއް ކަމުގައި ދެކެން،" ފަހުމީގެ ފޯސްޓުގައި ވިދާޅުވި އެވެ.އޭނާ ވިދާޅުވީ މީގެ ސަބަބުން މާލެތެރޭގެ ވައި ތަގައްޔަރުވުން ކުޑަކުރެވި ސިއްހަތަށް ވެސް ފައިދާ ކުރާނެ ކަމަށެވެ."މި މިފަދަ ތިމާވެއްޓާއި ރައްޓެހި، ރައްޔިތުންނަށް ފައިދާ ކުރަނިވި ބަދަލުތަކަށް ދިވެހިންނަކީ އަބަދުވެސް މަރުހަބާ ކިޔާނެ ބައެއް،" ފަހުމީ ވިދާޅުވި އެވެ.ތިމާވެއްޓާ ރައްޓެހި، ރައްޔިތުންނަށް ފައިދާ ކުރަނިވި ބަދަލުތަކަށް ދިވެހިންނަކީ އަބަދުވެސް މަރުހަބާ ކިޔާނެ ބައެއް ކަމަށާއި އޭގެ ސަބަބުން މާލެތެރޭގެ ވައި ތަގައްޔަރުވުން ކުޑަކުރެވި، މި މުޖުތަމައުގައި ދިރިއުޅޭ ފަރުދުންގެ ސިއްހަތަށް ވެސް އޭގެ ފައިދާ ކުރާނެކަމަށް ފަހުމީ ވިދާޅުވި އެވެ.
ކިޔުންތެރިންގެ ޝުއޫރު