ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ވިޔަފާރި
ސްޓެލްކޯގެ ހަރަދުގައި އިންޖިނިއަރިންގެ ދާއިރާ އިން ކިޔަވަން ސްކޮލާޝިޕްތަކެއް
މަރިޔަމް އަނާ
20 މާޗް 2025 - 12:42
0
comments
Tweet
Telegram
ސްޓެލްކޯގެ މެރިޓް ބޭސްޑް އިންޖިނިއަރިންގް ސްކޮލަޝިޕް ސްކީމަށް ފުރުސަތު ހުޅުވާލައިފި އެވެ.
ސްޓެލްކޯގެ "މެރިޓް ބޭސްޑް އިންޖިނިއަރިން ސްކޮލާޝިޕް" ގެ ދަށުން އިނގިރޭސި ވިލާތުގައި ބެޗެލާސް ޑިގްރީ އަށް ކިޔެވުމަށް ތިން ފުރުސަތު ދޭ ގޮތަށް ވަނީ ނިންމައިފަ އެވެ. އެއީ:
އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކް އިންޖިނިއަރިންގެ ދާއިރާއިން އެއް ޖާގަ.
މެކޭނިކަލް އިންޖިނިއަރިންގެ ދާއިރާއިން ދެ ޖާގަ.
ސްޓެލްކޯއިން ބުނީ އެ ފުރުސަތުގެ ދަށުން ސްކޮލާޝިޕަށް ހޮވޭ ދަރިވަރުންނަށް ކޯސްފީ އާއި ސްޓައިޕަންޑާއި ވިސާ ފީ އާއި ދެކޮޅު ޓިކެޓާއި ބުކް އެލަވެންސް އަދި އެސްޓަބްލިޝްމަންޓް އެލަވެންސް ލިބޭނެ ކަމަށެވެ.
ސްކޮލާޝިޕްގެ ޝަރުތުތައް
އުމުރުން 24 އަހަރުން ދަށުގެ ދިވެއްސަކަށް ވުން.
ހިސާބާއި ފިޒިކްސް ނުވަތަ ކެމިސްޓްރީ އާއި ކޮމްޕިއުޓާ ސައިންސް ހިމެނޭހެން އޭ ލެވެލްގައި ދެ އޭސްޓާ އަދި އޭ ފާހެއް ހޯދާފައިވުން ނުވަތަ އެއާ އެއްވަރުގެ އައިބީ ސެޓްފިކޭޝަނެއް އޮތް މީހަކަށްވުން
މި ސްކޮލަޝިޕަށް ހޮވޭ ދަރިވަރުންނަށް ޓިއުޝަން ފީ އާއި ސްޓައިޕަންޑާއި ވިސާ ފީ އާއި ދެކޮޅު ޓިކެޓާއި ބުކް އެލަވެންސް އަދި އެސްޓަބްލިޝްމަންޓް އެލަވެންސް ލިބޭނެ އެވެ.
ސްޓެލްކޯ އިން ބުނި ގޮތުގައި ކޯސް ފެށުމުގެ ކުރިން ސްޓެލްކޯގެ އިންޓާންޝިޕް ހަދަން ޖެހެ އެވެ. ކޯސް ނިންމުމަށްފަހު ހިދުމަތް ކުރަން ޖެހޭނީ ސްޓެލްކޯއަށް ކަމަށްވެސް އެ ކުންފުނިން ބުނެފައިވެ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
23 ދުވަސް ކުރިން
0
މި އަހަރު މާލޭގައި އެންމެ ގިނައިން ކަރަންޓު ބޭނުންކުރީ މިދިޔަ ބުރާސްފަތި ދުވަހު
2 މަސް ކުރިން
0
ތުލުސްދޫގައި 11.9 މިލިއަން ރުފިޔާއަށް އާ އިންޖީނުގެއެއް އަޅަނީ
2 މަސް ކުރިން
0
މިދިޔަ އަހަރު ސްޓެލްކޯއިން 137 މިލިއަން ރުފިޔާގެ ފައިދާ ހޯދައިފި
2 މަސް ކުރިން
0
އިލެކްޓްރިކް ސައިކަލުތަކެއް ސްޓެލްކޯއިން ގެންނަނީ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
އުރީދޫ ނޭޝަން އިންޓަ ރިސޯޓް އީސްޕޯޓްސް ޓޯނަމަންޓް ނިންމާލައިފި
2 ގަޑިއިރު ކުރިން
0
ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަމުންދިޔައީ ސުއޫދު: އުޝާމް
2 ގަޑިއިރު ކުރިން
0
މިނިސްޓަރު ހަލީލް ކުވައިތަށް ފުރާވަޑައިގެންފި
4 ގަޑިއިރު ކުރިން
0
ނަޑެއްލާ އިން ގެއްލުނު މީހާ ފެނިއްޖެ
4 ގަޑިއިރު ކުރިން
0