ވިޔަފާރި
ތުލުސްދޫގައި 11.9 މިލިއަން ރުފިޔާއަށް އާ އިންޖީނުގެއެއް އަޅަނީ
ތުލުސްދޫގައި 11.9 މިލިއަން ރުފިޔާއަށް އާ އިންޖީނުގެއެއް އަޅަނީ --- ފޮޓޯ/ ސްޓެލްކޯ
ކ. ތުލުސްދޫގައި އަލަށް އިމާރާތް ކުރަން ނިންމާފައިވާ އިންޖީނުގެ އާއި ކަސްޓަމާ ސާވިސް ބިލްޑިންގް އަދި އިންޖީނުގޭގެ ވަށާފާރު އިމާރާތްކުރުމަށް އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.

އެކަމަށް ހާއްސަކޮށް، ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި، އެއްބަސްވުމުގައި ސޮއިކުރެއްވީ، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީއާއި މަސައްކަތާ ހަވާލުވި ސަންވިލް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އަބުދުﷲ ރާފިއުއެވެ.

11 މިލިއަން ރުފިޔާއަށް ސަންވިލް ޕްރައިވެޓް ލިމިޓެޑާ އެ މަސައްކަތް ހަވާލުކޮށްފައި ވަނީ، 175 ދުވަސް ތެރޭ މަސައްކަތް ނިންމާ ގޮތަށެވެ.

އެ ރަސްމިއްޔާތުގައި ފަހުމީ ވިދާޅުވީ، ތުލުސްދޫއަކީ ސްޓެލްކޯއަށް މުހިންމު ރަށެއް ކަމަށެވެ. އެއީ، ސްޓެލްކޯ ކުންފުންޏަކަށް ވުމަށް ފަހު، މާލޭން ބޭރުން ފުރަތަމަ ޚިދުމަތް ދޭން ފެށީ އެ ރަށަށް ކަމަށްވާތީ ކަމަށް ފަހުމީ ވިދާޅުވިއެވެ.

"މީހުން ދިރިއުޅޭ ސަރަހައްދުގަ ހުރި ޕަވާހައުސްއަކަށް ވާތީ، މީހުންނަށް އެންމެ ފަސޭހަކޮށް، އާބަން ސެންޓަރުތަކާ ދުރުގަ ޕަވާހައުސްތައް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، އަޅުގަނޑުމެން ތުލުސްދޫ ޕަވާހައުސް މި ބަދަލުކުރަނީ އަލަށް ހިއްކާފައިވާ ސަރަހައްދަށް،" ފަހުމީ ވިދާޅުވި އެވެ.

އެ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް ވިދާޅުވީ ތުލުސްދުއަށް ބޭނުންވާ ވަރަށް ކަރަންޓު ލިބުމުގައި ދަތިތަކެއް ހުރި ކަމަށެވެ.

"އެއީ އީދު ފަދަ ހާއްސަ ދުވަސްތަކުގައި ޕީކަށް އަރައިގެންދާ ވަގުތު ކޮންމެސް ވަރަކަށް ހިކްއަޕް އުޅޭ ވާހަކަ. އެ ކަންކަން އިރާދަކުރެއްވިއްޔާ މި އިންޖީނުގެއާއެކު ރަނގަޅުވެގެން ދާނެ،" ނަސީމް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު