ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރައީސްގެ ދަރިކަލުންގެ ހައްގުތަކަށް އަރައިގަތް މައްސަލަ ކޯޓަށް ހުށަހަޅައިފި
މަރިޔަމް އަނާ
19 މާޗް 2025 - 15:24
0
comments
Tweet
Telegram
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ދޮށީ ފިރިހެން ދަރިކަލުންގެ ދަރިކަލުންގެ ހައްޤުތަކަށް އަރައިގަތް މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.
ރައީސްގެ އާއިލާގެ ވަކީލު، ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރުގެ ލޯ ފާމުން ނެރުނު ބަޔާނެއްގައި ބުނީ، ރައީސްގެ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒަށް ނިސްބަތްކޮށް ދައްކާފައިވާ ވާހަކަތަކުގެ ސަބަބުން، އުމައިރުގެ ނަފްސަށާއި ފުރާނަ އަށް ނުރައްކާވާނެ ހާލަތެއް މެދުވެރިކޮށް، އުމައިރުގެ ކިޔެވުމަށާއި މުސްތަގުބަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެ ހާލަތެއް މެދުވެރިކޮށްފައިވާ ކަމަށެވެ.
އެ ވާހަކަތަކުގެ ސަބަބުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ބައިނަލްއަގްވާމީ މުއާހަދާ އިން ކަށަވަރު ކޮށްދީފައިވާ ރައްކާތެރިކަމާއި ކަރާމާތް ނަގާލާފައިވާ ކަމށް ބަޔާނުގައި ވެ އެވެ.
ރައީސްގެ އާއިލާއިން ކުރިން ނެރުނު ބަޔާނުގައި ސާޖިދާ ވިދާޅުވީ، ދަރިކަލުން އުމައިރަށް ނިސްބަތްކޮށް، މިވޭތުވެދިޔަ އަހަރެއްހާ ދުވަހުގެތެރޭގައި، ޚާއްޞަކޮށް އޭގެ ދެތިން ދުވަހެއްގެ ތެރޭގައި ހަގީގަތެއްނެތް، ދޮގު ވާހަކަތަކެއް މީޑިއާއާއި ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި ދައްކައިފައިވާ ކަމަށެވެ.
ސާޖިދާ ވިދާޅުވީ އެ ކަންކަން ކުރަނީ ރައީސާ ސިޔާސީ ގޮތުން ޚިޔާލު ތަފާތު އެކި ފަރާތްތަކުން ކަމަށެވެ. އަދި އެ ވާހަކަތަކުގެ ސަބަބުން ދަރިކަލުންނަށް ނުރައްކާ ފޯރާ ހިސާބަށް މިހާރު ގޮސްފައިވާ ކަމަށް އެ ކަމަނާ ވިދާޅުވިއެވެ.
އެ ވާހަކަތައް ދައްކަމުންދާއިރު، ރައީސާއި ސާޖިދާގެ ސިޔާސީ ނިންމުންތަކުގައި ދަރިކަލުންގެ އެއްވެސް ބައިވެރިވުމެއް ނެތްކަން އެ ކަމަނާ ފާހަގަކުރެއްވިއެވެ. އަދި 16 އަހަރުގެ ދަރިކަލުންގެ އިތުރަށް އެންމެ ދޮށީ ދަރިފުޅާއި އަށް އަހަރުގެ ހަގު ދަރިފުޅަށް ގަނާ ކުރުމާއި ފުރައްސާރަ ކުރުމުގެ މަސައްކަތްތަކެއް ވެސް މިހާރު ފަށާފައިވާ ކަމަށް ސާޖިދާ ވިދާޅުވިއެވެ. އަދި އެއީ ބަލައިގަންނަން އުނދަގޫކަމެއް ކަމަށް އެ ކަމަނާ ވިދާޅުވިއެވެ.
އެ ދުވަހު އާޒިމާ ވިދާޅުވީ އެ މައްސަލައިގައި މަންދީއަށް ދައުވާ ކުރާއިރު، އެމްޑީޕީއަށް ވެސް ދައުވާ ކުރާނެ ކަމަށެވެ. އެއީ އެ ވާހަކަތައް ދައްކައިފައިވަނީ އެ ޕާޓީގެ އެއްވުމެއްގައި ކަމަށްވާތީ ކަމަށެވެ.
"އެހެންވީމަ އަޅުގަނޑުމެން ގަބޫލުކުރަނީ ގާނޫނީ ޒިންމާ އެ ފަރާތަަށް އޮންނާނެ ކަމަށް،" އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލުގެ މައްޗަށް ވެސް ދައުވާ ކުރައްވާނެ ކަމަށް އާޒިމާ އެ ދުވަހު ވިދާޅުވިއެވެ. ފައްޔާޒަށް ދައުވާކުރަނީ އޭނާ ކުރައްވާފައިވާ ޓުވީޓަކާ ގުޅިގެން ކަމަށް ވެސް އާޒިމާ ވިދާޅުވި ނަމަވެސް، އިތުރު ތަފުސީލެއް ނުދެއްވައެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
6 ގަޑިއިރު ކުރިން
0
ކުނި މެނޭޖްކުރުމުގެ މަޝްރޫޢު ރައީސް ބައްލަވާލައްވައިފި
17 ގަޑިއިރު ކުރިން
0
ހަރަދުތައް ހަމަޖައްސަން 4.5 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކަނީ
17 ގަޑިއިރު ކުރިން
0
އީދު ދުވަހު ރައީސްގެ ދެކަނބަލުން އީދު ސަލާމް ކުރައްވާނެ: ރައީސް އޮފީސް
2 ދުވަސް ކުރިން
0
ޓޫރިޒަމް ގާނޫނު ބަދަލުކުރަން ފާސްކުރި ބިލު ތަސްދީގުކޮށްފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
އިމިގްރޭޝަން ކޮންޓްރޯލަރަކަށް ކުރީގެ ސީޕީ ފަސީހު އައްޔަންކޮށްފި
1 ގަޑިއިރު ކުރިން
0
އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން މަގާމުން ވަކިކޮށްފި
4 ގަޑިއިރު ކުރިން
0
މިދިޔަ އަހަރު ސްޓެލްކޯއިން 137 މިލިއަން ރުފިޔާގެ ފައިދާ ހޯދައިފި
6 ގަޑިއިރު ކުރިން
0
ހައިކޯޓުގެ އިސް ފަނޑިޔާރު ކަމަށް ހުޅުވާލައިފި
6 ގަޑިއިރު ކުރިން
0