ޚަބަރު
އިމިގްރޭޝަންގެ ރަސްމީ ގަޑި ހެނދުނު އަށަކުން މެންދުރު 2އަކަށް ބަދަލުކޮށްފި
މޯލްޑިވްސް އިމިގްރޭޝަންގެ ރަސްމީ މަސައްކަތު ގަޑި ސިވިލް ސާވިސް އެކޭ އެއްގޮތަށް ހެނދުނު 8 އިން މެންދުރު 2 އަށް މާދަމާ އިން ފެށިގެން ބަދަލުކުރަން ނިންމައިފި އެވެ.

މިހާތަނަށް އިމިގްރޭޝަނުން ރަސްމީ ގަޑީގެ ގޮތުގައި ޚިދުމަތް ދިނީ ހެނދުނު 08:00 އިން ހަވީރު 04:00 އަށެވެ.

ނަމަވެސް، މިހާރު އިމިގްރޭޝަނުން ޚިދުމަތް ދޭ ރަސްމީ ގަޑިވަނީ ސިވިލް ސާވިސްއެކޭ އެގޮތަށް ބަދަލުކޮށްފަ އެވެ.

އެ އިދާރާ އިން ރޭ ބުނީ، ރަސްމީ މަސައްކަތު ގަޑި މާދަމާ އިން ފެށިގެން 8 އިން މެންދުރު 2 އަށް ބަދަލުކުރި ނަމަވެސް މިހާރު ވެސް ހިދުމަތް ދޭ ގަޑިތަކުގައި ހިދުމަތްތައް ދޭނެ ކަމަށެވެ. އޭގެ ތެރޭގައި ޕާސްޕޯޓު ހެއްދުމާ ގުޅޭ ހުރިހާ ހިދުމަތެއް ވެސް ހިމެނޭ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

"ހަމައެކަނި ރަސްމީ މަސައްކަތު ގަޑިއަށް އައި ބަދަލެއް މިއީ،" އިމިގްރޭޝަންގެ އިސް އޮފިޝަލަކު ވިދާލުވި އެވެ.

ސަރުކާރުގެ ޔުނިފޯމް ބޮޑީތަކުގެ ތެރެއިން ސިވިލް ސާވިސްގެ ދާއިރާގެ ތެރޭގައި މިހާރު ހިންގަނީ އިމިގްރޭޝަން އެކަންޏެވެ. އެ އިދާރާގައި މިހާރު 500 އާ ގާތްކުރާ އަދަދަކަށް މުވައްޒަފުން މަސައްކަތް ކުރެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު