ޚަބަރު
ވަގު ވިޔަފާރި ހިންގާ އިތުރު ބިދޭސީންތަކެއް އަތުލައިގެންފި
މާލޭގައި ބިދޭސީން ދިރިއުޅޭ އަދި ފުޅާ ދާއިރާއެއްގައި ކާބޯތަކެތީގެ ވިޔަފާރިކުރާ ތަނަކުން ގަވާއިދާ ހިލާފަށް އުޅެމުން އައި 32 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އިމިގްރޭޝަނުން މިއަދ ބުނީ ބުނީ އެ އޮޕަރޭޝަން ކުރިއަށް ގެންދިޔައީ މިދިޔަ މަހު އިމިގްރޭޝަން ވޮޗަށް ލިބުނު ރިޕޯޓަކާ ގުޅިގެން ކަމަށެވެ. އެގޮތުން އޮޕަރޭޝަންގައި ރެއިޑްކުރި މއ. ހިތިލާގެ ދޭކުން އާންމު ގޮތެއްގައި ގަނޑުކުރި މަހާއި ތަރުކާރީ އަދި އެހެނިހެން ކާނާގެ ބާވަތްތައް ސަޕްލައިކުރާ މަންޒަރު އަބަދުވެސް ފެންނަ ކަމަށް ބުންޏެވެ. 

މެންދުރު ކާގަޑިއާ ދިމާކޮށް ގިނަ އަދަދެއްގެ ބަތް ޕާރުސަލު އެތަނުން ގެންދާ ކަމަށާއި އެ ވަގުތާ ދިމާކޮށް ޑެލިވަރީ ސައިކަލުތައް ވެސް ގޭގެ ބޭރުގައި ހުންނަ ކަމަށް އާންމު ފަރާތަކުން އިމިގްރޭޝަނަށް ހުށަހެޅި އެ ރިޕޯޓުގައިވެ އެވެ.

އިމިގްރޭޝަނުން އާންމުކުރި ވީޑިއޯގައި ފެންނަ ގޮތުގައި ފިލައިން ހަދާފައިވާ އަދި ވަރަށް ބޮޑަށް ބާވެފައިވާ އެތަނުގެ ބަދިގެ ވެސް އޮތީ ވަރަށް ސާފުތާހިރުކަން ކުޑަ ގޮތަކަށެވެ. އަދި ކުޑަ ކޮޓަރިއެއްގައި ބަރިބަރިއަށް އެނދު ޖަހާފައިވާއިރު އެތަނުގައި ވެސް ގިނަ ބަޔަކު ދިރިއުޅެ އެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުން އައި އެ 32 މީހުން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގެންދިޔައިރު އެ އިދާރާ އިން ދަނީ އެފަދަ ފަރާތްތައް ޑީޕޯޓުކުރަމުންނެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު