ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
މި އަހަރުގެ މިހައިތަނަށް ހަތް ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފި
ހަސަން ހަލީމް
16 އޭޕްރީލް 2025 - 10:03
0
comments
Tweet
Telegram
މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 700،000 އަށް އަރައިފި އެވެ.
މި އަހަރުގެ ހަތަރުވަނަ މަސް ގުނަމުންދާއިރު، ފާއިތުވެދިޔަ ކޮންމެ މަހެއްގައި ވެސް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ދެ ލައްކައަށްވުރެ އިތުރެވެ. މިއީ ހަ އިންސައްތައިގެ ކުރިއެރުމެކެވެ.
މި މަހުގެ ތެރޭގައި 97،000އަށްވުރެ ގިނަ ފަތުރުވެރިންވަނީ ރާއްޖެ އައިސްފަ އެވެ. މީގެ ތެރެއިން އެއް ދުވަހެއްގެ މަތިން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ މިދިޔަ އާދިއްތަ ދުވަހެވެ. އެ ދުވަހު އެކަނި ވެސް، 8،778 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ.
އެ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހައިތަނަށް ރާއްޖެ އައީ 729،932 ފަތުރުވެރިންނެވެ. މިއީ ފާއިތުވެދިޔަ ދެ އަހަރާ އަޅައިބަލާއިރު ވެސް އިތުރު އަދެދެކެވެ.
ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ފަސް ގައުމަކީ ޗައިނާ (80،190 ޓޫރިސްޓުން)، އިނގިރޭސިވިލާތް (79،128 ޓޫރިސްޓުން)، ރަޝިއާ (75،402 ޓޫރިސްޓުން)، އިޓަލީ (63،177 ޓޫރިސްޓުން) އަދި ޖަރުމަން (54،275 ޓޫރިސްޓުން) އެވެ.
މިދިޔަ އަހަރު ރާއްޖެ އަށް ދެ މިލިއަން ޓޫރިސްޓުން އައިސްފައިވާ އިރު، މި އަހަރުގެ ޓާގެޓަކީ 2.3 މިލިއަން ޓޫރިސްޓުން ގެނައުމެވެ.
މިދިޔަ ތިން އަހަރުގެ ތެރޭގައި ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ އަދަދު
2024 - 2،046،615
2023 - 1،878،543
2022 - 1،675،303
ހޮޓާތަކުގައި 20،148 ފަތުރުވެރިން، ސަފާރީ އުޅަނދުތަކުގައި 17،149 ފަތުރުވެރިން އަދި އެހެނިހެން ތަންތަނުގައި 466 ފަތުރުވެރިން ޗުއްޓީ ހޭދަކުރި އެވެ.
ރާއްޖޭގައި މިވަގުތު ފަތުރުވެރިކަމަށް 175 ރިސޯޓާއި 842 ގެސްޓްހައުސް އާއި 156 ސަފާރީ އުޅަނދު އަދި 15 ހޮޓާ ދަނީ ހިންގަމުންނެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
13 ގަޑިއިރު ކުރިން
0
މެޑިކަލް ޓޫރިޒަމަށް ހޮސްޕިޓަލް އެޅުމަށް ޕްރޮޕޯސަލްތައް ދަނީ ލިބެމުން: ނާޒިމް
13 ދުވަސް ކުރިން
0
ކަޑެވާރެހާ، ހޯނޑެއްދޫގެ އިހުތިސާސުން ވަކިކޮށްފި
18 ދުވަސް ކުރިން
0
ރާއްޖެ އިސްތިހާރުކުރުމަށް ލިވަޕޫލާއެކު ކުރިއަށްގެންދާ ކެމްޕެއިން ފެށުމަށް ރައީސް އިނގިރޭސިވިލާތަށް
26 ދުވަސް ކުރިން
0
ހއ. އަތޮޅަށް ބީއެމްއެލްގެ ގެސްޓު ހައުސް ފައިނޭންސިންގ ތައާރަފުކޮށްފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން ރައީސް ޝަރަފުވެރިކޮށްދެއްވައިފި
5 ގަޑިއިރު ކުރިން
0
މި އަހަރު މާލޭގައި އެންމެ ގިނައިން ކަރަންޓު ބޭނުންކުރީ މިދިޔަ ބުރާސްފަތި ދުވަހު
5 ގަޑިއިރު ކުރިން
0
ސިފައިންގެ އަހަރީ ދުވަސް ފާހަގަކުރަން މިއަދު މާލޭގައި އަސްކަރީ ހިނގާލުމެއް
8 ގަޑިއިރު ކުރިން
0
މަޖީދިއްޔާގެ ހިޔަލުން ގެނައި ކުރިއެރުމަށް ނިމުމެއް ނެތް: ރައީސް
12 ގަޑިއިރު ކުރިން
0