ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ކަޑެވާރެހާ، ހޯނޑެއްދޫގެ އިހުތިސާސުން ވަކިކޮށްފި
ހަސަން ހަލީމް
06 އޭޕްރީލް 2025 - 21:08
0
comments
Tweet
Telegram
އިންޓަގްރޭޓެޑް ޓޫރިޒަމްގެ ބޭނުމަށް، ގދ. ކަޑެވާރެހާ އެ އަތޮޅު ހޯޑެއްދޫގެ އިހުތިސާސުން މިއަދު ވަކިކޮށްފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ ރިޔާސީ ވައުދާ އެއްގޮތަށް، އިންޓަގްރޭޓަޑް ޓޫރިޒަމަށް ގދ. ކަޑެވާރެހާ ތަރައްގީކުރުމަށް އެ އަތޮޅު ހޯނޑެއްދޫގެ އިހުތިސާސުން އެ ފަޅުރަށް ވަކިކޮށް، ހޯނޑެއްދޫގެ އިހުތިސާސަށް ބަދަލު ގެނައުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.
ރައީސް މުއިއްޒު އެގޮތަށް ނިންމަވާފައި ވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ބާރުގެ ދަށުން ނެރުއްވި ގަރާރެއްގަ އެވެ. ރައީސްގެ އެ ގަރާރު މިއަދު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝައިއުކޮށްފަ އެވެ.
ހޯނޑެއްދޫގެ އިހުތިސާސަށް ގެނައި ބަދަލު ދައްކުވައިދޭ ޗާޓެއް އެ ގަރާރުގައި ހިމަނާފައިވެ އެވެ.
ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމަށް އެކި މަޝްރޫއުތައް ހިންގުމަށް ސަރުކާރުން ރާވާފައިވެ އެވެ. އަދި އިގުތިސާދީ އާއި އިޖުތިމާއީ ބޭނުންތަކަށް މީހުން ދިރިއުޅޭ ރަށްރަށުގެ އިހުތިސާސްގައި ފަޅުރަށް މީގެ ކުރިން ހިމަނާފައި ވެސް ވެ އެވެ.
ހޯނޑެއްދޫ ކައުންސިންގެ އިހުތިސޯސުން ކަޑެވާރެހާ ވަކިކުރި އިރު، ކަޑެވާރެހާ ގައި ޓޫރިސްޓު ރިސޯޓެއް ތަރައްގީކޮށް ހިންގުމަށް ޝައުގުވެރިވާ ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ ފަރާތްތަކަށް ޝައުގުވެރިކަން ފާޅުކޮށް ބިޑު ހުށަހެޅުމުގެ ފުރުސަތު މީގެ ކުރިން ހޯނޑެއްދޫ ކައުންސިލުން ވަނީ ހުޅުވާލައިފަ އެވެ.
އެ ސަރަހައްދުގެ އެހެން ރިސޯޓުތަކާ އެއްއަގެއްގައި ކޮޓަރި ވިއްކައިގެން 70 އިންސައްތައިގެ އޮކިއުޕަންސީގައި އަހަރަކު 38 މިލިއަން ޑޮލަރު ލިބޭނެ ކަމަށާއި ސާފު ފައިދާއަށް 22.19 މިލިއަން ޑޮލަރުގެ އަދަދެއް ލިބޭނެ ކަމަށް ކޮންސެޕްޓް ކަރުދަހުގައި ވެއެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
6 ގަޑިއިރު ކުރިން
0
ކައުންސިލަރުންގެ އަދަދު މަދުކުރުމާ ގުޅޭ ގަރާރު ބަލައިގަނެފި
30 ދުވަސް ކުރިން
0
ކައުންސިލްތަކުގެ ބައިއިލެކްޝަން މަދުކުރާ ބިލު ތަސްދީގުކޮށްފި
1 މަސް ކުރިން
0
މިހާރު ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް 5000 ޓޫރިސްޓުން ރާއްޖެ ޒިޔާރަތްކުރޭ
1 މަސް ކުރިން
0
ރާއްޖޭގެ ފުރަތަމަ ބައިނަލްއަގްވާމީ މާލީ ސެންޓަރުގެ ބިންގާ އަޅައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ބޮޓްލިން ޕްލާންޓު ވަޒީފާ ތަކުން މީހުން ވަކި ކުރުމަކީ އާއިލާތަކަށް ދިން ނިކަމެތި ކަމެއް: ވަހީދު
3 ގަޑިއިރު ކުރިން
0
ނައިބު ރައީސް ހދ. އަތޮޅު ކައުންސިލާއެކު މަޝްވަރާކުރައްވައިފި
3 ގަޑިއިރު ކުރިން
0
މާސްޓާސް ޓޭބަލް ޓެނިސް ޓޯނަމަންޓްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު
4 ގަޑިއިރު ކުރިން
0
ލަންކާގެ ދެ ކޮލެޖަކުން ނުކިޔަވަން އެމްކިޔުއޭ އިން އެދިއްޖެ
4 ގަޑިއިރު ކުރިން
0