ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
މަސްޖިދުއްނަބަވީގެ އިމާމު ސަލާހުލް ބުދައިރު ރާއްޖެ ވަޑައިގެންފި
އަލީ ރާޒީ
21 އޭޕްރީލް 2025 - 15:32
0
comments
Tweet
Telegram
މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ރަސްމީ ދަތުރުފުޅެއްގައި މިއަދު މެންދުރު ރާއްޖެ ވަޑައިގަންނަވައިފި އެވެ.
ސަރުކާރުގެ ދައުވަތަކަށް އިމާމް ބުދައިރު މިއަދު ރާއްޖެ ވަޑައިގެންވުމާ އެކު އޭނާއަށް މަރުހަބާ ވިދާޅުވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ބައެއް ވެރިންނެވެ.
މުސްލިމުންގެ ދެ ހަރަމްފުޅުންގެ ތެރެއިން ހަރަމްފުޅެއްގެ އިމާމް ރާއްޖެ ވަޑައިގެންނެވުން ސަރުކާރުން ސިފަ ކުރަނީ ވަރަށް އުފާވެރި އަދި ފަހުރުވެރި މުނާސަބާއެއްގެ ގޮތުގަ އެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނު ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
މީގެއިތުރުން މި ދަތުރުފުޅުގައި އިސްލާމިކް މިނިސްޓަރު ޝަހީމްއާ ބައްދަލުކުރެއްވުމާއި، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖީލީހާ ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އަދި ޒުވާން ހަތީބުންނާއި ހާފިޒުންނާއި އިމާމުންނާ ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.
އަދި ރާއްޖޭގެ ދީނީ އިލްމުވެރިންނާއި ބައްދަލުކުރެއްވުމާއި ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒާއި އަމިއްލަ މުއައްސަސާތަކުގައި ގުރުއާން ހިތުދަސްކުރާ ދަރިވަރުންނާއި ބައްދަލުކުރައްވާ ގޮތަށްވެސް ވަނީ ހަމަޖެހިފަ އެވެ. ހަމައެއާއެކު ސައުދީ ރަސްގެފާނުގެ ހިލޭއެހީގައި ބިނާ ކުރައްވާފައިވާ ސަލްމާން ރަސްގެފާނު މިސްކިތަށްވެސް ރަސްމީ ޒިޔާރަތެއް ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
އޭގެއިތުރަށް އަންނަ ބުދަ ދުވަހުގެރޭ ސަލްމާނު މިސްކިތުގައި އިމާމުވެ މަގްރިބް ނަމާދާއި އިޝާ ނަމާދު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އަދި އަންނަ ބުރާސްފަތި ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގައި އިމާމުވެ އިޝާ ނަމާދު ކުރައްވާނީވެސް ޝައިހު ޑރ. ސަލާހު އެވެ.
އިޝާ ނަމާދަށްފަހު ހާއްސަ ދަރުހެއް ދިނުމަށް ހަމަޖެހިފައިވާ އިރު، އަންނަ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރުކުރައްވާނީ ޑރ. ސަލާހެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
4 ގަޑިއިރު ކުރިން
0
އެެއްބުރުން ވެރިޔަކު ހޮވުން މާ ރަނގަޅު: ޝަހީމު
4 ދުވަސް ކުރިން
0
ގުރުއާން ހިިދުތަސްކުރުމުގެ މަޝްރޫއު 9 ރަށެއްގައި ފަށަނީ
5 ދުވަސް ކުރިން
0
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 2،500 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން ހަވާލުކޮށްފި
6 ދުވަސް ކުރިން
0
40 އަހަރު ފަހުން ހަރަމްފުޅެއްގެ އިމާމަކު ރާއްޖެ ވަޑައިގަންނަވަނީ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
މިނިސްޓަރު ސައީދު ވިދާޅުވަނީ ޑޮލަރުގެ ކަޅު ބާޒާރު ހީނަރުވުމުގެ ކޮޅުމަތި ފެންނަ ކަމަށް
20 މިނެޓް ކުރިން
0
މާލޭގައި މާރާމާރީ ހިންގައި މީހަކު ޒަހަމްކޮށްލައިފި
34 މިނެޓް ކުރިން
0
މުލީ އެއާޕޯޓްގެ ޓެސްޓް ދަތުރު ހުކުރު ދުވަހު
2 ގަޑިއިރު ކުރިން
0
ދިރާގާއެކު ރީލޯޑްކޮށްގެން 60،000 ރުފިޔާ ހޯދުމުގެ ފުރުސަތު
3 ގަޑިއިރު ކުރިން
0