ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
އެެއްބުރުން ވެރިޔަކު ހޮވުން މާ ރަނގަޅު: ޝަހީމު
މަރިޔަމް އަނާ
21 އޭޕްރީލް 2025 - 15:08
0
comments
Tweet
Telegram
ރިޔާސީ އިންތިހާބު އެއްބުރުން ނިންމުމަކީ އެންމެ ޤާބިލު އެކަށީގެންވާ މީހާ ވެރިކަމަށް އިންތިޚާބު ކުރުމަށް ރައްޔިތުންނަށް ލިބޭނެ ވަރަށް ރަނގަޅު ފުރުޞަތެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބު ބާއްވާ ގޮތް ބަދަލުކުރުމާ ގުޅޭ ގޮތުން ރައީސް މުއިއްޒު ކުރިން ވިދާޅުވެފައިވާ ގޮތުގައި، އެ މަނިކުފާނުގެ އަމިއްލަފުޅު ވިސްނުމަކީ ރިޔާސީ އިންތިހާބުގައި ދެވަނަ ބުރަށް ނުގޮސް ފުރަތަމަ ބުރާ ހިސާބުން ބޭފުޅަކު ކަނޑައެޅުމެވެ. އެހެންވެ، ޕްރިފަރެންޝަލް ނިޒާމަކަށް އަމަލުކުރަން މިހާރު ވެސް އެޓާނީ ޖެނެރަލް އޮފީހުން އަންނަނީ ދިރާސާތައް ކުރަމުން ކަމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރައީސް ވިދާޅުވި އެވެ.
"މާނައަކީ އެއްބުރުން [ރިޔާސީ އިންތިހާބު] ނިމޭނެ. އެއްބުރުން އެއްވަނަ، ދެވަނަ ސާފުވާ ގޮތަށް، އަޅުގަނޑު ހިތުން ބައެއް ގައުމުތަކުގައި، އަވައްޓެރި ބައެއް ގައުމުތަކުގައި ވެސް އޮވޭ އެހެން. އެކަމަކު، ދިރާސާ ކޮށްފައި އަޅުގަނޑު ގަސްދުކުރަން އެއީ އަޅުގަނޑުމެންގެ ގައުމަށް އެންމެ ރަނގަޅު ގޮތް ކަމަށް ވަންޏާ ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް، އެކަން އެދޭ ކަމަށް ވަންޏާ ދެން އަންނަ ރިޔާސީ އިންތިހާބުން ފެށިގެން ދެ ބުރު ނޯންނަ ގޮތަށް، އެއްބުރުން މީހަކު ހޮވައި ނިންމޭ ގޮތަށް ކަންކަން ބަދަލުކުރަން،" ރައީސް އޭރު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވިގޮތުގައި އޭރުން ހަރަދު ވެސް ކުޑަކުރެވޭނެ އެވެ. ރައީސް މުއިއްޒު ވިދާޅުވީ، އެފަދަ ބައެއް މުހިންމު ކަންކަން ތައާރަފު ކުރުމަށްޓަކައި ރައްޔިތުންގެ ގާތު އަހައިގެން ނިންމުމަކީ ކުރަން ޖެހޭނެ ކަމެއް ކަމަށެވެ.
ޕްރެފަރަންޝަލް ވޯޓިން ނިޒާމެއްގެ ދަށުން ވެރިއަކު ހޮވުމަށް ތާއީދުކުރައްވާކަން ރައީސް އެންމެ ފަހުން ހާމަކުރެއްވީ އާންމުންނަށް ވަދެވޭގޮތަށް މިއަދު ހުޅުވި އެ މަނިކުފާނުގެ
ރަސްމީ ވަޓްސްއެޕް ގުރޫޕުގަ
އެވެ.
"އަޅުގަނޑު ވަކާލާތުކުރަމުން މިއަންނަ ވޯޓިން ނިޒާމަކީ ޕްރެފަރަންޝަލް ވޯޓިންގެ ނިޒާމު،" އިނގިރޭސިން ރައީސް އެ ގުރޫޕަށް ފޮނުއްވި މެސެޖުގައި ކުރުކޮށް ލިޔުއްވާފައިވެ އެވެ. ރައީސްގެ މި ވާހަކަތަކަށް ތާއީދުކުރައްވާ ޝަހީމް ވިދާޅުވީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަކީ ވެސް ނިޒާމީ ހެޔޮ ބަދަލަކަށް ވާނެ ކަމަށެވެ. އަދި ރާއްޖޭގެ ސިޔާސީ ނިޒާމުގައި އިޞްލާޙު ކުރަން ޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށް ވިދާޅުވި އެެވެ.
"ޒަމާނަށް އަންނަ ބަދަލުތަކާ ގުޅިގެން ވަގުތާއި ޙާލަތަށް ރިޢާޔަތްކޮށް ނިޒާމީ ބަދަލު ގެނައުމަކީ ދައުލަތުގެ މަތީ މަޞްލަޙަތު އެކަމުގައި އޮތް ކަމެއް." އޭނަ ވިދާޅުވި އެވެ.
ޕްރެފަރަންޝަލް ވޯޓިން ނިޒަމަކީ ބައެއް ގައުމުތަކުގައި ވެސް މިހާރު ވެސް ވޯޓް ނަގާ ގޮތެކެވެ.
ޕްރެފަރަންޝަލް ވޯޓިން ނެގުމަށް އދިކޮޅު އެމްޑީޕީން ވަރަށް ބޮޑަށް ދެކޮޅެވެ. ޕީއެންސީ ފިޔަވައި މިހާތަނަށް މި ވިސްނުމަށް ތާއީދުކުރެއްވީ އެމްޑީޕީގެ ރައީސްކަން މީގެ ކުރިން ކުރައްވާފައިވާ ދެ ބޭފުޅުން ކަމަށްވާ، އިބްރާހީމް އިސްމާއީލް (އިބްރާ) އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
3 ގަޑިއިރު ކުރިން
0
މަސްޖިދުއްނަބަވީގެ އިމާމު ސަލާހުލް ބުދައިރު ރާއްޖެ ވަޑައިގެންފި
8 ގަޑިއިރު ކުރިން
0
އެއްބުރުން ރައީސަކު ހޮވަން ޝާހިދު ދެކޮޅު، ވިދާޅުވީ ދެވަނަ ބުރު އުވާލަނީ ވޯޓު އޮޅުވާލަން ކަމަށް
8 ގަޑިއިރު ކުރިން
0
ދައުލަތް ދެމެހެއްޓުމުގެ މަސައްކަތް ކުރާނީ ސިފައިން: ރައީސް
9 ގަޑިއިރު ކުރިން
0
ވަކާލާތު މިކުރަނީ ޕްރެފަރަންޝަލް ނިޒާމަކުން ވެރިއަކު ހޮވަން: ރައީސް
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
މިނިސްޓަރު ސައީދު ވިދާޅުވަނީ ޑޮލަރުގެ ކަޅު ބާޒާރު ހީނަރުވުމުގެ ކޮޅުމަތި ފެންނަ ކަމަށް
16 މިނެޓް ކުރިން
0
މާލޭގައި މާރާމާރީ ހިންގައި މީހަކު ޒަހަމްކޮށްލައިފި
30 މިނެޓް ކުރިން
0
މުލީ އެއާޕޯޓްގެ ޓެސްޓް ދަތުރު ހުކުރު ދުވަހު
2 ގަޑިއިރު ކުރިން
0
ދިރާގާއެކު ރީލޯޑްކޮށްގެން 60،000 ރުފިޔާ ހޯދުމުގެ ފުރުސަތު
3 ގަޑިއިރު ކުރިން
0