ޚަބަރު
މުޖުތާޒް ސީއެސްސީގެ ނައިބު ރައީސަކަށް އައްޔަންކުރަން މަޖިލީހަށް ފޮނުވައިފި
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ހުސްވެފައިވާ އެ ކޮމިޝަންގެ ނައިބު ރައީސް ކަމަށް ކޮމިޝަނަށް މި ހަފްތާގައި އައްޔަން ކުރެއްވި މުހައްމަދު މުޖްތާޒް ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުވައިފި އެވެ.

އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމު ހުސްކޮށް އޮތީ، އެ މަގާމު ފުރުއްވި އިބްރާހިމް ރަޝީދު ކޮމިޝަނުން ވަކިކުރުމުގެ މަސައްކަތް މަޖިލީހުން ފެށުމާ އެކު އަމިއްލައަށް މިދިޔަ މާޗު މަހުގެ ކުރީކޮޅު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އިބްރާހީމް ރަޝީދުގެ ބަދަލުގައި ސީއެސްސީގެ މެންބަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ މުޖުތާޒު އައްޔަންކުރީ މިދިޔަ އާދީއްތަ ދުވަހުގަ އެވެ. 

ކޮމިޝަނުގެ ނައިބު ރައީސް ކަމަށް މުޖުތާޒް އައްޔަންކުރަން ރައީސް މުއިއްޒު ފޮނުއްވި ސިޓީ މިއަދު މަޖިލީހުގެ ތަޅުމުގައި އަމީންއާންމު ފާތިމަތު ނިއުޝާ ވަނީ އިއްވަވައިފަ އެވެ.

މޯލްޑިވްސް ކޮލެޖު އޮފް ހަޔާ އެޑިއުކޭޝަނުން ބެޗްލާސް އޮފް ލޯ ހާސިލު ކުރައްވާފައިވާ މުޖުތާޒް ވަނީ 17 ވަނަ މަޖިލީހުގައި ހަނިމާދޫ ދާއިރާގެ މެންބަރު ކަން ކުރައްވައިފަ އެވެ. އޭގެ ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭނާ ހުންނެވީ ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގަ އެވެ. އޭގެ ކުރިން ހަނިމާދޫ ދާއިރާގެ މެންބަރު ކަންވެސް ކުރައްވާފައިފަ އެވެ.

ސީއެސްސީން ހުސްވި ގޮނޑިއަށް އައްޔަން ކުރުމަށް މަޖިލީހަށް ރައީސް މުއިއްޒު ފޮނުއްވީ ވެސް މުޖުތާޒްގެ ނަން އެކަންޏެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު