ޚަބަރު
ދިރާގުން ދޭ ސްވިޓްޒަލޭންޑު ދަތުރުގެ ނަސީބުވެރިޔާއާ އިނާމު ހަވާލުކޮށްފި
މިދިޔަ ރޯދަ މަހު ކަރާ ފަޅައިގެން އިނާމު ލިބޭގޮތަށް ދިރާގުން ކުރިއަށް ގެންދިޔަ ޕްރޮމޯޝަނުގެ ބޮޑު އިނާމަކަށް ދޭ ސްވިޓްޒަލޭންޑު ދަތުރުގެ ނަސީބުވެރިޔާއާ އިނާމު ހަވާލުކޮށްފި އެވެ.

އެ އިނާމު ކާމިޔާބުކުރި މުހައްމަދު އިއުތިމަން އަލީއަށް އިނާމް ހަވާލުކުރުމަށް މިއަދު ދިރާގު ހެޑް އޮފީހުގައި ހާއްސަ ހަފްލާއެއް ވަނީ ބާއްވައިފަ އެވެ. އެ ހަފްލާގައި ދިރާގުގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވި އެވެ.

ސުވިޓްޒަލެންޑް ދަތުރު ކާމިޔާބުކުރި އިއުތިމަން ބުނީ އިނާމު ލިބުނުކަން ފުރަތަމަ އެނގުމުން ގަބޫލުކުރަން ދަތިވި ކަމަށެވެ.

" ދިރާގުއެޕްއިން ކަރާ ފަޅައިގެން މިހާ ފަސޭހައިން ސްވިޓްޒަރލޭންޑަށް ދިއުމުގެ ފުރުސަތު ލިބިދާނެ ކަމަކަށް ހިއެއް ވެސް ނުކުރަން. މިއީ ވަރަށް އަގުހުރި އިނާމެއް." އޭނާ ބުންޏެވެ.

އޭނާ ބުނީ އެ ދަތުރަކީ ދިރާގު ކަސްޓަމަރަކަށްވުމުން އޭނާއަށް ލިބުނު އަގުހުރި އިނާމެއް ކަމަށާއި އަދި އެފަދަ ބޮޑު އިނާމެއް ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށް އޭނާ ބުންޏެވެ.

ދިރާގުން އަންނަނީ، ކޮންމެ އަހަރަކު ވެސް އެކުންފުނީގެ ކަސްޓަމަރުންނަށް މިފަދަ ތަފާތު ޚާއްސަ ޕްރޮމޯޝަންތައް ކުރިއަށް ގެންގޮސް ކަސްޓަމަރުންނާ ހަމައަށް އަގުހުރި އިނާމުތައް ފޯރުކޮށްދެމުންނެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު